ކައުންސިލް މެންބަރުންގެ މަސްޢޫލިއްޔަތު

އިބްރާހީމް ޙުސައިން - ކައުންސިލްގެ ނައިބުރައީސް

  1. 1. ރަށުގެ މަގު ހެދުމާއި މަގުތަކުގެ މަރާމާތުކަންކަން ބެލެހެއްޓުން

2.      ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަރަންޓާ،ފެނާ،ފާޚާނާއާއި ނަރުދަމާގެ ނިޒާމު ފަދަ ޢާންމު ޚިދުމަތް ހިންގުމަށް ކައުންސިލްގެ ފަރާތުން އިސްދައުރެއް އަދާކުރުން

3.      އިޖްތިމާޢީ މަރުކަޒުތަކާއި،ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލަތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.

4.      އާސާރީ ތަންތަން ބެލެހެއްޓުމާއި ޡަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން.

5.      ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް،ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުން.

6.      ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި ޢާންމު  މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބަލައި، އިޞްލާޙީ ފިޔަވަޅު އެޅުން.

އައްބާސާ މުޙައްމަދު - ކައުންސިލްގެ މެންބަރ

1.      އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެމަތިން ރަށު ފެންވަރުގައި ކުނި ނައްތާލުން.

2.      ރަށުގެ މަގުތަކާއި އިޖްތިމާއީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

3.      ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަރަންޓާ،ފެނާ،ފާޚާނާއާއި ނަރުދަމާގެ ނިޒާމު ފަދަ ޢާންމު ޚިދުމަތް ހިންގައި ބެލެހެއްޓުން.

4.      ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިމަރީ ހެލްތް ކެއަރއާއި ޞިއްޙީ ރައްކާތެރިކަމާ ގުޅޭ އަސާސީ ޚިދުމަތްތައް ދިނުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަށް ކުރުން

5.      ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ މަރުކަޒު ހިންގުމާއި ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާ ލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަށް ކުރުން

6.      ޕެސްޓް ކޮންޓްރޯލްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން

 

ފާތިމަތު ހުދާ ޢަބްދުލްޤައްޔޫމް - ކައުންސިލްގެ މެންބަރ

1.      ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރީ ސްކޫލް ގެ ޚިދުމަތްތައް ދިނުމާއި، ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރުމަތި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަށް ކައުންސިލުން ކުރަންޖެހޭ އެންމެހާ މަސައްކތުގެ އިސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން.

2.      ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފުކުރުމާއި ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު، ލައިބްރަރީގައި ބެލެހެއްޓުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނޭ އިންތިޒާމު ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމުގައި އިސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން.

3.      އަލަށް އުފަންވާ ކުދިންނާއި މަރުވާ މިހުންގެ ރެކޯޑް ބެލެހެއްޓުމާއި ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި،ރަށްވެހިނުވެ ދިރިއުޅެމުންގެންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމަށް ކައުންސިލްގެ ފަރާތުން އިސްވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަށް ކުރުން

4.      ރަށުގެ މަގުތަކާއި އިޖްތިމާއީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުން

ސިމާޙް އިބްރާހީމް - ކައުންސިލްގެ މެންބަރ

1.      ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.

2.      ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްތޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.

3.      މިސްކިތްތައް ބެލެހެއްޓުން.

4.      ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމްކޮށްދިނުމާއި،ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.

5.      ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.

6.      މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެހި ދުއްވުމުގެކަންކަން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާންމުންގެއަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތޒާމްކޮށް ބެލެހެއްޓުން.

7.      ކަރަންޓީނު ކުރަންޖެހޭ ފަރާތްތަށް ކަރަންޓީނުކޮށް އަދި އެކަމާއި ބެހޭ މައުލޫމާތު ކަމާއި ބެހޭ ފަރާތްތަކަށް ދިނުން.