ކައުންސިލްގެ ތަޞައްވުރާއި އަމާޒު

ތަޞައްވުރު
 ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ރައްޔިތުންނަކީ، މާތްވެގެންވާ  އިސްލާމް ދީނުގައި ސާބިތުވެތިބި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ބަލަހައްޓާ، މިންތީގެ ހަމަހަމަކަން ހިފަހައްޓާ، އިޖްތިމާޢީ  ގޮތުންނާއި، ޢިލްމާއި ހުނަރުގެ ގޮތުން ކުރިއަރާފައިވާ، އިޤްތިޞާދީ ގޮތުން ފުދުންތެރި، ޞިއްޙީ ގޮތުން ދުޅަހެޔޮ،  އަމިއްލަ އުފެއްދުންތެރިކަމުން ތަނަވަސްކަން ލިބިފައިވާ، އަމަން އަމާންކަމާއި ހިތްފަސޭހަކަން މަތީގައި ދިރިއުޅޭ މުޖުތަމަޢެއް ކަމުގައި ހެދުން

އަމާޒު
ކަނޑުހުޅުދޫގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތުގެ ފެންވަރު އަވަސްވެ ރަގަޅުވުމާއެކު ، ތަރައްޤީގެ މަގުގައި ކުރިޔަށް ދިއުމަށް މަގުފަހިވެފައިވުން.