ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ

ކޮމިޓީގައި ހިމެނޭ މެންބަރުން

މިކޮމެޓީގައި ހިމެނޭނީ ގއ.ކަނޑުހުޅުދޫގައި ޤާއިމުކޮށްފައިވާ ސިވިލް ސަރވިސް އިދާރާތަކުގެ އެންމެ އިސްވެރިންނާއި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ ސެކްޝަންތަކުގެ އެންމެ އިސްވެރިންނެވެ.

މި ކޮމިޓީގެ ޗެއާރއަކީ އަސްފާޙް ޙަސަން ، ގއ.ކަނޑުހުޅުދޫ ކައުންސިލްގެ ސެކެރަޓަރީ ޖެނެރަލް އެވެ.

 

ކޮމިޓީގެ މަސްޢޫލިއްޔަތުތައް

  • 1. މުވައްޒަފުންނަށް އިސްލާޙީ ފިޔަވަޅު އަޅަން ޖެހޭ ކަންކަމުގައި އިޖުރާތެއް ފުރިހަމަ ނުވާ ހާލަތްތަކުގައި ކޮމެޓީގެ ލަފައަކަށް، ހިއުމަން ރިސޯސް ސެކްޝަނުން ބޭނުންވެއްޖެ ނަމަ އެކަމުގައި ބަލަން ޖެހޭ ބެލުންތައް ބަލައި ލަފާދިނުން.

  • ކައުންސިލުން ހިންގާ ޓްރެއިނިންގ ތަކާއި ސަރުކާރުގެ ކަމާއި ބެހޭ އެހެނިހެން އިދާރާތަކުން ހިންގާ ޓްރއިނިންތަކުގައި މުވައްޒަފުން ބައިވެރިކުރުމަށް ލަފާދިނުން.

  •  ުވައްޒަފަކަށް ދެވޭ ޗުއްޓީ، ޕޭ-ލީވް އަދި ނޯޕޭ-ލީވް އާއި ގުޅޭގޮތުން އުސޫލުގެ ތެރެއިން ފުށުއެރުމެއް ނުވަތަ މާނަ ކުރުމުގައި އޮޅުންއެރުމެއް ދިމާވެއްޖެ ހާލަތެއްގައި ބަލަންޖެހޭ ބެލުންތައް ބަލައި ލަފާދިނުން.

  • ިދާރީ އޮނިގަނޑަށް ބަދަލެއް ގެންނަން ކޮމެޓީއަށް ފެނިއްޖެ ހިނދެއްގައި ގެންނަންފެންނަ ބަދަލުތައް ފާހަގަކޮށް ކައުންސިލަށް ހުށަހެޅުމަށލަފާދިނުން.

  • މުވައްޒަފުންނަށް ކުރިއެރުމާއި، އިނާޔަތްތައް ދިނުމާއި، ޕާފޯމެންސް އެވޯޑް ދިނުމުގައި ބަލަންޖެހޭ ކަންތައްތައް ބަލައި އެސްޖީއަށް ލަފާ ދިނުން.

  • އޮފީހުގެ މަސައްކަތު މާހައުލަކީ މަސައްކަތްކުރުމަށް ފަސޭހަ، މުވައްޒަފުން އުޅޭހިތްވާ އަދި އެކަކު އަނެކަކާއި އަޅާލާފަދަ މާހައުލަކަށް ހެދުމަށް އެހީތެރިވެދީ މަސައްކަތްކުރުން.

  • އޮތޯރިޓީގެ މުވައްޒަފުންނާއި ގުޅޭ ގޮތުން ހެދިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އަދި އޮތޯރިޓީގެ ބޯޑުގެ ނިންމުންތައް ތަންފީޒު ކުރުމުގައި ދިމާވާ އޮޅުންތަކާއި އުފެދޭ ޚިޔާލު ތަފާތުވުންތަކާއި އަދި މި ނޫންވެސް ތަންފީޒްކުރެވޭ ކަންތައްތަކުގައި ދިމާވާ ޚިޔާލުތައް ހައްލުކުރުމަށް ޗީފު އެގްޒެކެޓިވް އޮފިސަރަށް ބޭނުންވާ ލަފާދިނުން.

  • މުވައްޒަފުންނާއި ގުޅޭ ގޮތުން ހިޔުމަން ރިސޯސް ސެކްޝަނުން ނިންމާ ނިންމުންތައް މުރާޖަޢާކޮށްދިނުމަށް މުވައްޒަފުން އެދޭ ހާލަތްތަކުގައި އެކަމާއި މެދު ގޮތެއް ނިންމުމަށް ލަފާދިނުން.

  • މިނޫނަސް މުވައްޒަފުންނާއި ގުޅޭ އެހެނިހެން ކަންކަމުގައި ބޭނުންވާ ލަފާދިނުން.

ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން

މިކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ހިއުމަން ރިސޯސް ސެކްޝަނުންނެވެ.