ބިޑު ކޮމިޓީ

ކޮމިޓީގައި ހިމެނޭ މެންބަރުން

1. ޒަމާރަތު އަޙުމަދު – އ.ކައުންސިލް އެކްޒެކްޓިވް ،ކޯޕަރޭޓިވް އެފެއަރޒް (ޗެއަރ ޕާރސަން)

2. ޙަސަން އާލިމް – އ.ކައުންސިލް އެކްޒެކްޓިވް، އިކޮނޮމިކް ، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް (ވައިސް ޗެއަރ ޕާރސަން)

3. އައިޝަތު އަނާ އަބްދުލް ޤައްޔޫމް - ކައުންސިލް އޮފިސަރ،

4. ސިލްމާޒާހިރު - ސ.ފައިނޭންސް އޮފިސަރ

5. މަރްޔަމް އިލްމާ - ކައުންސިލް އޮފިސަރ

ކޮމިޓީގެ މަސްޢޫލިއްޔަތުތައް

1. މުދަލާއި ސަރވިސް ލިބިގަތުމަށް ކުރާ އިޢުލާންތަކުގައި މާލިއްޔަތު ޤަވާޢިދުގައި ބަޔާންކުރާ ޝަރުތުތައް ހިމެނޭތޯ ބެލުން.

2. މުދަލާއި ސަރވިސް ލިބިގަތުމަށް ކުރާ އިޢުލާނާއި ގުޅިގެން ބިޑް ކޮމިޓީން އެވޯޑްކޮށްފައިވާ ބިޑަކާއި ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ ހާލަތްތަކުގައި ޖަވާބުދާރީވުން.

3. ހުށަހެޅިފައިވާ ބީލަންތައް އިވަލުއޭޓްކުރުމުގައި ބީލަމަކާއި ގުޅޭގޮތުން އިތުރަށް ސާފުކުރަން ބޭނުންކަމެއް ނުވަތަ މަޢުލޫމާތެއް ސާފުކުރުމަށް ދައުލަތުގެ އެމުވައްސަސާއެއްގައި އެދުން.

4. ހުށަހެޅޭ ބީލަންތައް ދިރާސާކުރުމާއި މަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައަޅުން.

5. ކޮށްފައިވާ އެގްރީމެންޓަކާއި މަސައްކަތް ޙަވާލުވާ ފަރާތްތަކުން ޚިލާފުވުމާއި، އެގްރީމެންޓް އުވާލުމަށް ޖެހޭ ހާލަތްތަކުގައި އެކަން ބަލާ ދިރާސާކޮށް، ކައުންސިލަށް ލަފާދިނުން.

6. މާލިއްޔަތު ޤަވާއިދުން ބިޑް ކޮމިޓީއާއި މަތިކޮށްފައިވާ އެންމެހާ ޒިންމާތައް އަދާކުރުން.

ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން

މިކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ޕްރޮކިއުމަންޓުންނެވެ.