ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ

ކޮމިޓީގައި ހިމެނޭ މެންބަރުން

1. ޒަމާރަތު އަޙުމަދު – އ.ކައުންސިލް އެކްޒެކްޓިވް

2. ސިލްމާ ޒާހިރު، ސ.ފައިނޭންސް އޮފިސަރ

3. އައްބާސާ މުޙައްމަދު – ކައުންސިލް މެމްބަރ

ކޮމިޓީގެ މަސްޢޫލިއްޔަތުތައް

1. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ޢާންމުކޮށް އެނގޭނެފަދަ ގޮތަކަށް ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ މަރުކަޒުތަކުގައި ފެންނަން ހުންނާނެހެން ބެހެއްޓުން

2. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭގޮތުން މުވައްޒަފުންނަށް ނުވަތަ ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން

3. އެ ތަނެއް ނުވަތަ މަރުކަޒެއްގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލަކާ ބެހޭގޮތުން ޝަކުވާއެއް ހުށަހެޅިއްޖެނަމަ ނުވަތަ އެފަދަ ޢަމަލެއް ހިނގާ ކަމަށް މަޤްބޫލު ސަބަބަކާހުރެ ޤަބޫލުކުރެވިއްޖެނަމަ، އެ ޝަކުވާ ނުވަތަ ތުހުމަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ ބަޔަކު ހާޒިރުކޮށް ބަޔާން ނަގައި ހެކިބަސް ހޯދުން

4. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާއި ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުން

5. ޝަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައްކޮށް، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ސާބިތުވެއްޖެނަމަ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ނުވާނެ ގޮތެއްގެމަތިން އޭނާއާމެދު އެކަށީގެންވާ ފިޔަވަޅު އެޅުން.

6. ޝަކުވާއަކާ ގުޅިގެން ކުރުންޖެހޭ ތަޙްޤީޤުކޮށް، އެ ޝަކުވާއަކީ ޖިނާއީ ކުށަކާގުޅޭ ޝަކުވާއެއްނަމަ، އެ މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށް ކަމާބެހޭ ފަރާތައް ހުށަހެޅުމަށް ޝަކުވާ ހުށަހެޅި ފަރާތަށް އެންގުމާއި އެކަން ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

7. މައްސަލަ ބެލުމަށްފަހު، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގިކަމަށް ސާބިތުވެއްޖެނަމަ އޭގެ ސަބަބުން މުވައްޒަފަށް ގެއްލިފައިވާ ޢިނާޔަތެއް ނުވަތަ ވަޒީފާ ކުރިއެރުމެއް ނުވަތަ އެހެންވެސް ޙައްޤެއް ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުން؛ ނުވަތަ ޝަކުވާ ހުށަހެޅި މަރުކަޒަކުން ޚިދުމަތެއް ހޯދުމަށް ދިޔަ ފަރާތެއްނަމަ، އޭގެ ސަބަބުން އޭނާއަށް ގެއްލިފައިވާ ފުރުޞަތެއް ނުވަތަ ހައްޤެއް ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުން

ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން

މިކޮމެޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ހިއުމަން ރިސޯސް ސެކްޝަނުންނެވެ.