އިންޓަރނަލް އޯޑިޓް ކޮމިޓީ

ކޮމިޓީގެ މެންބަރުން

1. އަސްފާޙް ޙަސަން – ސެކްރެޓަރީ ޖެނެރަލް

2. ޒަމާރަތު އަޙުމަދު – އ.ކައުންސިލް އެކްޒެކްޓިވް

3. ހަސަން އާލިމް -އ.ކައުންސިލް އެކްޒެކްޓިވް

  1. ސިލްމާ ޒާހިރު - ފައިނޭންސް އޮފިސަރ

  2. އައިޝަތު އަނާ އަބްދުލް ޤައްޔޫމް - ކައުންސިލް އޮފިސަރ

ކޮމިޓީގެ މަސްޢޫލިއްޔަތުތައް

1. އޮފީހުގެ ފައިސާއާއި ހިސާބުތައް އަހަރުން އަހަރަށް (އިންޓަރނަލް) އޮޑިޓް ކުރުން.

2. އޮފީހުގައި ހިންގާ އެކިއެކި މަޝްރޫޢުތަކުގެ ފައިސާއާއި ހިސާބުތައް (އިންޓަރނަލް) އޮޑިޓް ކުރުން.

3. ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި، ފައިނޭންސް އެންޑް އެކައުންޓްސް ޔުނިޓްގެ މަސައްކަތްތަކަށް ލަފާދިނުން.

4. މުޅިއޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޕާރފޯމަންސް އޯޑިޓް ކުރުމަށް ބޭނުންވާ ނިޒާމެއް ގާއިމްކުރުން.

5. އޮފީހަށް ހޯދާ/ލިބޭތަކެތި (ސްޓޮކް) އިންވެންޓްރީއަށް ނަގާތޯ ބަލާ، އެތަކެތީގެ ރިކޯޑްސްތައް ޤަވާއިދުން ބަލަހައްޓާތޯ ސުޕަވައިޒްކޮށް، އެތަކެތީގެ ރިޕޯޓެއް ކޮންމެ މަހަކު އެއްފަހަރު ތައްޔާރުކުރުން.

6. އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓަރީ ޤަވާއިދުން ބަލަހައްޓާތޯ ބެލުން.

7. އޯޑިޓް އޮފީހުން އޮތޯރިޓީ އޯޑިޓް ކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ގުޅިގެން އޮތޯރިޓީ އޯޑިޓް ކުރުމަށް ފެސިލިޓޭޓްކޮށްދިނުން.

8. އިންޓަރނަލް އޮޑިޓް ކުރުމުގައި ބޭނުންވާނެ މެޓީރިއަލްސް ތައްޔާރުކޮށް ތަރައްގީކުރުން.

ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން

މިކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ކޯޕަރޭޓިވް އެފެއަރޒް ސެކްޝަނުންނެވެ.