ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ

ކޮމިޓީގައި ހިމެނޭ މެންބަރުން

1. ޒަމާރަތު އަޙުމދު – އ.ކައުންސިލް އެކްޒެކްޓިވް (ވިސްލްބްލޯވަރ އޮފިސަރ - ޗެއަރ)

2. ސިލްމާ ޒާހިރު - ސީނިއަރ ފައިނޭންސް އޮފިސަރ

3. އައިޝަތު އަނާ އަބްދުލް ޤައްޔޫމް – ކައުންސިލް އޮފިސަރ

ކޮމިޓީގެ މަސްޢޫލިއްޔަތުތައް

ޤާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ ދަށުން ޤާއިމުކުރެވޭ އެތެރޭގެ އިންތިޒާމްތަކުން އަންނަނިވި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.

1. މަޢުލޫމާތު ހުށަހެޅޭނެ އިންތިޒާމްތައް ޤާއިމުކުރުން؛

2. މަޢުލޫމާތު ހުށަހެޅުމުން މަޢުލޫމާތު ބަލައިގަތުން؛

3. މަޢުލޫމާތު ހުށަހަޅާ ފަރާތުގެ ވަނަވަރު އަދި އެހެނިހެން ޒާތީ މަޢުލޫމާތު ސިއްރުކުރުން؛

4. މަޢުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަޙުޤީޤުތައް ކުރުން؛

5. ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ޤާނޫނަކުން ވަކި އިދާރާއަކަށް ތަޙްޤީޤުކުރުމުގެ އިޚްތިޞާޞްދީފައިވާ މައްސަލައެއްވާނަމަ، އެ ކަމެއް ތަޙުޤީޤުކުރުމަށް އެ އިދާރާއަކަށް ފޮނުވުން؛

6. ހުށަހެޅޭ މައްސަލައެއްގައި ވަކި ފަރާތަކަށް ރައްކާތެރިކަން ދޭންޖެހޭކަމަށް ޤަބޫލުކުރެވޭނަމަ، އެކަން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ސަމާލުކަމަށް ގެނައުން؛

7. ތަޙުޤީޤު ރިޕޯޓު އެކުލަވާލާ އާއްމުކުރުން؛

8. އެތެރޭގެ އިންތިޒާމްތައް ހިނގަމުންދާގޮތާ ގުޅޭގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން ހޯދަން އެދޭ މަޢުލޫމާތު ޙިއްޞާކުރުން؛

9. ވިސްލްބްލޯކުރުމުގެ މުހިއްމުކަމާއި ވިސްލްބްލޯކުރާ ފަރާތްތަކަށް ވިސްލްބްލޯކުރުމާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކުން ލިބިދީފައިވާ ރައްކާތެރިކަމާއި ޙައްޤުތަކާއި އެތެރޭގެ އިންތިޒާމުތަކާ ގުޅޭގޮތުން މުވައްޒަފުންނަށް މަދުވެގެން އަހަރަކު 2 (ދޭއް) ފަހަރު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން؛

10. މި މާއްދާގެ (ހ) އިން (ވ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ އިތުރުންވެސް، ޤާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި، މި ޤާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުތަކާއި އުޞޫލުތަކުގައި ބަޔާންކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް.

ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން

މިކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ކޯޕަރޭޓިވް އެފެއަރޒު ސެކްޝަނުންނެވެ.