ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 40 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ނަންބަރު:  40/2023/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     19 އޮކްޓޫބަރ 2023

ޖަލްސާ ފެށި ގަޑ:       11:30   

ޖަލްސާ ނިމުނު ގަޑި:     12:30

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 39 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 39 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ސެޕްޓެމްބަރ މަހުގެ ޚަރަދު ރިޕޯޓު މެމްބަރުންނާއި ހިއްސާކުރުން.

ސެޕްޓެމްބަރު މަހު ޚަރަދުތައް

މިމަހުގެ ޖުމްލަ ޚަރަދު – 292,986.74

ޖުމްލަ ޚަރަދުވި – 3,127,909.48

ބާކީ – 2,049,467.97

މިއަހަރަށް އާންމުކޮށް ހިންގާ ޚަރަދުތައް ނިންމާފަ ބާކީ 6 ލައްކަ ރުފިޔާ ހުންނާނެކަމަށާއި އަދި އޮފީސް އިމާރާތައް 6 ލައްކަ ރުފިޔާގެ ތެރެއިން 2 ލައްކަރުފިޔާ ނެގޭނެކަމާއި އަދި ބަކީވާ 4 ލައްކަ ރުފިޔާއިން %5 ރިޒާރވްގެ ގޮތުގައި ބެހެއްޓަން ވާނެކަމަށް އެސްޖީ ވަނީ ވިދާޅުވެފައެވެ. ވޮލީ ކޯޓު ބަދަލުކުރުމަށް ޔޫތް މިނިސްޓްރީއިން ދޭން ބުނެފައިވާ ފައިސާ ނުލިބޭ ކަން ރައީސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 3 ފަހަރެއްގެ މަތިން ޔޫތް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާކަމަށް އެސްޖީ ވަނީ ވިދާޅުވެފައެވެ.

އެޖެންޑާ އައިޓަމް 4

ފުޓްސަލް ދަނޑުގައި ޓާފް އެޅުމަށް އިއުލާން ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ފުޓްސަލް ދަނޑުގައި ޓާފް އެޅުމަށް އިއުލާން ކުރުމަށް ރައީސް ވަނީ ހުށަހަޅާފައިވެއެވެ. އިއުލާން ނުކޮށް މަޑުޖައްސާލަން ފެންނަކަމަށް ނައިބު ރައީސް ވަނީ ހުށަހަޅާފައެވެ. އިއުލާން ނުކޮށް ވީހާވެސް އަގު ކުޑަކޮށް ކުރެވޭތޯ މަޝްވަރާކުރުމަށް ނައިބު ރައީސް ވަނީ އެދިފައެވެ. އެގޮތުން ވިއްސާރަވުމުގެ ކުރިން ފުޓްސަލް ދަޑުގައި ޓާފް އަޅައި ނިންމަން ވާނެކަމާއި އަދި އިއުލާންކުރުމުގެ ކުރިން ޖަލްސާއިން މިކަމަށް ބަޖެޓެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއްކަމުގައި ރައީސް ވަނީ ފާހަގަަކޮށްފައެވެ. ބަޖެޓް ކަޑައެޅުމުގެ ކުރިން މި މަސައްކަތް ކުރާނެ މީހަކު ހޯދުން ރަގަނޅުކަމަށް މެމްބަރު އައްބާސާ ވަނީ ހުށަހަޅާފައެވެ. މި ހުށަހެޅުމަށް މެމްބަރު ހުދާ ވަނީ ތާޢިދުކޮށްފައެވެ. ބަޖެޓުގައި ފައިސާ ނެތްއިރު ފައިސާއަށް ބަލައިގެން ކަންކަން ކުރުން މުހިންމުކަމަށާއި އަދި ފުޓްސަލް ދަޑުގައި ކާޕެޓް އެޅުމަށް ގެނެސްފައި ހުރި ކާޕެޓްތައް ރަނގަޅުނޫންކަމުގައި އެސްޖީ ވަނީ ފާހަގަކޮށްފައެވެ. 

އެޖެންޑާ އައިޓަމް 5

ވޮލީ ކޭމްޕެއް ކުރިއަށް ގެންދިއުމާއި ބެހޭ ގޮތުން މަޝްވަރާކުރުން.

ވޮލީ ކޭމްޕުގައި ބައިވެރިވާ ކޯޗުގެ ހުރުމާއި ކެއުން ކައުންސިލްގެ ބަޖެޓުން ހަމަޖެއްސުމަށް 5000 ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ޖަލްސާގެ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. އަދި ހަމައެގޮތަށް މި ކޭމްޕުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން 50 ރުފިޔާގެ ފީއެއް ނެގުމަށާއި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށްވެސް ވަނީ ނިންމާފައެވެ. 

އެޖެންޑާ އައިޓަމް 6

އަތޮޅު ޤުރްއާން މުބާރާތަށް ކުދިން ނެގުމާއި ގުޅޭގޮތުން މަޝްވަރާކުރުން.

އަތޮޅު ޤުރްއާން މުބާރާތައް ކުދިން ނެގުމަށް ކައުންސިލް ޤުރްއާން މުބާރާތުގައި %60 ލިބިފައިވާ ދަރިވަރުންނާއި އަދި އިތުރަށް އަތޮޅު ކައުންސިލުން ފޮނުވާފައިވާ އަދަދަށް ކުދިން ހަމަކުރުމަށް ރަނގަޅު ކުދިން ނަގައި މުބާރާތައް ކުދިން ތައްޔާރުކުރުމަށް ސްކޫލާއި ވާހަކަދައްކައިގެން ސްކޫލްގެ ޤުރްއާން ޓީޗަރަކު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

އެޖެންޑާ އައިޓަމް 7

ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުން.

ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މެދުގައި ދުވުމަކީ ކޭކެއް ފެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

 ބައިވެރިވި ފަރާތްތަކުގެ ނަންތައް

ޠާރިޤު އަފީފު

އިބްރާހިމް ޙުސައިން

އައްބާސާ މުޙައްމަދު

ފާތިމަތު ހުދާ

19 އޮކްޓޫބަރު 2023