ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 43 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ނަންބަރު:  43/2023/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     09 ނޮވެމްބަރު 2023

ޖަލްސާ ފެށި ގަޑ:       11:30   

ޖަލްސާ ނިމުނު ގަޑި:     12:15

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 42 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 42 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ރާވެރިޔާ ވޮލީ މުބާރާތުގައި ރަށުގެ އަންހެން ވޮލީޓިމް ބައިވެރިކުރުމާއި މެދު މަޝްވަރާކުރުން.

މުބާރާތަށް ހިންގާނެ ޚަރަދުގެ މަޢުލޫމާތު ހޯދައި އެހެން ޖަލްސާއަކަށް މި އައިޓަމް އެޖެންޑަރ ކުރުމަށް ވަނީ ނިންމާފައެވެ.

އެޖެންޑާ އައިޓަމް 4

ގއ.ކޮނޑޭ އަންހެން ވޮލީޓިމް އެކުވެރިކަމުގެ މެޗެއް ކުޅުމަށް މިރަށަށް އައުމަށް ހަމަޖެހިފައިވާތީ އެކަމާގުޅޭގޮތުން މަޝްވަރާކުރުން.

ގއ.ކޮނޑޭ އަންހެން ވޮލީޓީމް އެކުވެރިކަމުގެ މެޗެއް ކުޅުމަށް މިރަށަށް އައުމުގެ ހުރިހާކަމެއް ހަމަޖެއްސީ ސްޕޯޓް ކައުންސިލަރ ވާހަކަ ދައްކައިގެން ކަމަށާއި މިކަމުގައި ކައުންސިލްގެ އެހީތެރިކަން ބޭނުންވާނެކަމުގައި މެމްބަރު އައްބާސާ ވަނީ އެދިފައެވެ. އެގޮތުން ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

 

އެޖެންޑާ އައިޓަމް 5

ގޯލްޑެން ފުޓްސެލްގައި ރަށު ފިރިހެން ޓީމް ބައިވެރި ވާން ބޭނުންވާތީ އެހީއަކަށް އެދި ހުށަހަޅާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

މިއަހަރު މިހާތަނަށް ބަޖެޓުގެ ދަތިކަން ހުރުމާއެކު ގޯލްޑެން ފުޓްސަލް މުބާރާތުގައި ރަށު ޓީމަށް އެހީތެރިވެވެން ނެތް ކަމުގައި ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ. 

 

އެޖެންޑާ އައިޓަމް 6

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅައިފައިވާ ފޯމުތަކުގެ ލިސްޓް މެމްބަރުންނާއި ހިއްސާކުރުން.

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅައިފައިވަނީ 59 ފޯމެވެ. މިކަން މެމްބަރުންގެ މަޢުލޫމާތައްޓަކައި ވަނީ ހިއްސާކޮށްފައެވެ.

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ޠާރިޤު އަފީފު

އިބްރާހިމް ޙުސައިން

އައްބާސާ މުޙައްމަދު

ފާތިމަތު ހުދާ

09 ނޮވެމްބަރު 2023