ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 44 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  44/2023/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     14 ނޮވެމްބަރު 2023

ޖަލްސާ ފެށި ގަޑ:       11:30   

ޖަލްސާ ނިމުނު ގަޑި:     11:50

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 43 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 43 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ކައުންސިލްގެ ބަޖެޓުން ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު ޚަރަދުތައް ކުރުމަށްޓަކައި ކޯޑު ބަދަލުކުރުން.

211001 އަދި 212027 ކޯޑުން 226006 ކޯޑަށް ފައިސާ ބަދަލުކުރުމާއި، 212027 ކޯޑުން 221004 އަދި 223013 ކޯޑަށް ފައިސާ ބަދަލުކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 4

ކައުންސިލް ރާއިސް ރަސްމީ ދަތުރެއްގައި މާލެ ދިއުމަށް ހަމަޖެހިފައިވާތީ މެމްބަރުންނާއި އެކަން ހިއްސާކުރުން.

އަތޮޅު ކައުންސިލުން ފޮނުވާފައިވާ ސިޓީއާއި އެއްގޮތަށް ނޮވެމްބަރު މަހު 15 އިން 25 އަށް ކައުންސިލް ރާއިސް ރަސްމީ ދަތުރެއްގައި މާލެ ދިއުމަށް ހަމަޖެހިފައިވާތީ މެމްބަރުންނާއި އެކަންވަނީ ހިއްސާކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 5

ޑިޕާޓްމަންޓް އޮފް ޖެޑިޝަލް އެދްމިނިސްޓްރޭޝަން ކޯޓު އިމާރާތާއި ބެހޭގޮތުން ފޮނުވާފައިވާ ސީޓީއާއިމެދު މަޝްވަރާކުރުން.

ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ނަރުދަމާ އެޅުމުގެ ހުއްދަޔަކަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑިޝަރީއިން ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ކޯޓަށް ވަކި ބިމެއް ނުދީ ކައުންސިލް އިދާރާގައި ނަރުދަމާ އަޅާއިރު ކޯޓު ހިމެނޭގޮތަށް ނަރުދަމާ ކަނެކްޝަން ގުޅުމަށާއި މިކަމުގައި ހިންގާޙަރަދު ޖުޑިޝަރީއިން ކޮށްދޭގޮތަށް ސިޓީގެ ޖަވާބު ި ފޮނުވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.

 

އެޖެންޑާ އައިޓަމް 6

ސްކޫލަށް ހާޒިރުނުވާ ކުދިން ގިނަވަމުންދާތީ، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސްކޫލުގެ އިސްވެރިންނާއި މަޝްވަރާކުރުން.

ސްކޫލަށް ހާޒިރުނުވާ ކުދިން ގިނަވަމުންދާތީ، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސްކޫލުގެ އިސްވެރިންނާއި މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ޠާރިޤު އަފީފު

އިބްރާހިމް ޙުސައިން

ފާތިމަތު ހުދާ

14 ނޮވެމްބަރު 2023