ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 46 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  46/2023/04

ޖަލްސާ ބޭއްވިތަން:       އޮންލައިން

ޖަލްސާ ބޭއްވި ތާރީޚް     30 ނޮވެމްބަރު 2023

ޖަލްސާ ފެށި ގަޑ:       11:30   

ޖަލްސާ ނިމުނު ގަޑި:     12:10

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 45 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 45 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ތަރައްޤީ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާގޮތް ބެލުމަށްޓަކައި ކޮމެޓީއެއް އުފެއްދުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ތަރައްޤީ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާގޮތް ބެލުމަށްޓަކައި ކޮމެޓީއެއް އެކުލަވާލުމަށް ކައުންސިލް 5 މެމްބަރުންނާއި، އެސްޖީ، ކޮމެޓީގެ ރައީސާއި ނައިބުރައީސާ އަދި އިދާރީ 1 މުވައްޒަފަކު ހަމަޖައްސައި، ދެން އޮންނަ ޖަލްސާއަކަށް ކޮމެޓީ އައްޔަންކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 5

މަސްވެރިންގެ ދުވަސް ފާހަގަކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މަސްވެރިންގެ ދުވަސް 10 ޑިސެމްބަރު 2023 ގުޅިގެން ރަށުގެ ބަނދަރުމަތީގައި އަލަށް ހަދާފައިވާ މަސްކަނޑާތަން ހުޅުވުމުގެ ރަސްމިއްޔާތަށް ކެންވަސް އަދި ނަންބޯޑު ހެދައި ތައްޔާރުވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.

 

އެޖެންޑާ އައިޓަމް 6

ބަންޑާރަ ރުއްތައް ކުއްޔަށް ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ރަށުގައި ހުރި ބަންޑާރަ ރުއްތައް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާތީ، އަލުން އިޢުލާން ކުރުމަށް ރަށު ތެރޭގައި ހުރި އާންމުންގެ ރުއްތައް އިންގޭނެހެން ފާހަގަކުރުމަށާއި އަދި ކައުންސިލް ރުއްތައް ހުރި ސަރަޙައްދު ބެލުމަށްފަހު އިޢުލާންކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.

އެޖެންޑާ އައިޓަމް 7

ޤަބުރުސްތާނު ސާފުކޮށް ބެލެހެއްޓުމަށް އަލުން އިޢުލާންކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ގަބުރުސްތާނުގެ ކޮންޓްރެކްޓު ކޮންމެ އަހަރަކު އެއްފަހު ރިވިއުކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ. އަދި 7000 ރުފިޔާއަށްވުރެ ބޮޑުނުވާގޮތަށް ގަބުރުސްތާނު ވަށައި މަގުތައް ހިމަނައިގެން އިޢުލާން ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ހަމައެގޮތަށް މިގޮތަށް ކައުންސިލްގެ ބޭނުމަށް ނެގޭ މުވައްޒަފުން ކައުންސިލް  ބަދުނާމުވާ ގޮތަށް ވާހަކަ ނުދެއްކުމަށް ނަސޭހަތްތެރިވުމަށްވެސް މެމްބަރުން ވަނީ އެދިފައެވެ.

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ޠާރިޤު އަފީފު

އިބްރާހިމް ޙުސައިން

ފާތިމަތު ހުދާ

އައްބާސާ މުޙައްމަދު

30 ނޮވެމްބަރު 2023