ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 49 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                    ނަންބަރު: 49/2023/04       

ޖަލްސާ ބޭއްވިތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     21 ޑިސެންބަރު 2023

ޖަލްސާ ފެށި ގަޑ:       11:30   

ޖަލްސާ ނިމުނު ގަޑި:     12:00

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 48 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 48 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި  މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ. 

އެޖެންޑާ އައިޓަމް 3

ސިތާނާ އަހަރީ ސޭލްއާއި ގުޅިގެން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން

އެހެން އަހަރުތަކުގައިވެސް ސިތާނާ އަށް އަހަރީ ސޭލް ދިނުމަށް ހުއްދަދޭ އުސޫލުން ހުއްދަ ދިނުމަށް ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 4

ސްޕޮންސަރ ހޯދުމަށް އެދި ސްކޫލުން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން

2023 ޑިސެމްބަރ މަހު މާލޭގައި ކުރިއަށްދާ 05 ވަނަ ގްރޭންޑް ޕްރިކްސްއަށް ހޮވިފައިވާ ސްކޫލްގެ ދަރިވަތު މަރިޔަމް ނޫޔަންނިޔާޒުއަށް ދެކޮޅުގެ ޓިކެޓް ޚަރަދު ސްޕޮންސަރ ހޯދުމަށް އެދި ފޮނުވާފައިވާ ސިޓީއާގުޅޭގޮތުން މަޝްވަރާކޮށް، މަރިޔަމް ނޫޔަން ނިޔާޒުއަށް ދެކޮޅުގެ ޓިކެޓް ހަމަޖެއްސުމަށް މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ. އަދި މިކަން ވީހާވެސް އަވަހަށް އެފަރާތަށް އަދި ސްކޫލަށް ރަސްމީކޮށް އެންގުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ތަޖުރިބާ ދަތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ބަޖެޓް ކޯޑް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން

28 ޑިސެމްބަރ 2023ގައި ކުރުމަށް ހަމަޖެހިފައިވާ ތަޖުރިބާ ދަތުރުގެ ފައިސާ ބަޖެޓް ކޮށްފައިވާވަރަށްވުރެ އިތުރުވާތީ، މިދަތުރަށް ބޭނުންވާ ފައިސާ ބަޖެޓް ކޯޑް 223014 އަދި 228010 އިން ނެގުމަށް މެމްބަރުންގެ އިއްތިފާޤުން ނިންމުނެވެ. 

ބައިވެރިވި ފަރާތްތަކުގެ ނަންތައް

އިބްރާހިމް ޙުސައިން

ސިމާޙު އިބްރާހިމް

އައްބާސާ މުޙައްމަދު

21 ޑެސެންބަރު 2023