ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 50 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                    ނަންބަރު: 50/2023/04       

ޖަލްސާ ބޭއްވިތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     27 ޑިސެންބަރު 2023

ޖަލްސާ ފެށި ގަޑ:       11:00

ޖަލްސާ ނިމުނު ގަޑި:     12:40

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ޠާރިޤު އަފީފު)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 49 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 49 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި  މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ. 

އެޖެންޑާ އައިޓަމް 3

ސިތާނާ އަހަރީ ސޭލްއާއި ގުޅިގެން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ސިތާނާ އަހަރީ ސޭލްއާއި މި ރަށުގައި ބޭއްވުމަށް ހުއްދަޔަކަށް އެދި ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ދުވާލަކަށް 1000 ރުފިޔާ ރޭޓުން ފީ ނެގުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.  

އެޖެންޑާ އައިޓަމް 4

ވިއްސާރަވުމާއި ގުޅިގެން ފެރީ ކެންސަލްވެފައިވާތީ ކައުންސިލް މެމްބަރުން ފުވައްމުލަކަށް ކުރި ދަތުރުގެ މުއްދަތު އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްގޮތެއް ނިންމުން.

ޏ. ފުވަމުލަކަށް ކުރި ތަޖުރިބާ ދަތުރު ނިންމާ ފުރަން ހަމަޖެހިފައިވާ 2023/12/28 ތާރީޚުގައި ވިއްސާރަވުމުގެ ސަބަބުން ފުރުން ކެންސަލްވުމާއި ގުޅިގެން އަލުން 2023/12/30 ވާ ހޮނިހިރު ދުވަހު ފުރުމަށާއި އަދި ދަތުރު ކެންސަލްވުމާއި ގުޅިގެން އިތުރުވާ ދުވަސްތަކަށް ހުރުމުގެ ޚަރަދު ދަތުރުގެ ބައިވެރިންނަށް ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.

އެޖެންޑާ އައިޓަމް 5

ސްޕޯޓް ކައުންސިލަރ ޝިފްނާ އަޙުމަދު ހުށަހަޅާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

ސްޕޯޓް ކައުންސިލަރ ޝިފްނާ އަޙުމަދު ހުށަހަޅާފައިވާ ސިޓީއާއި އެއްގޮތަށް ހުސްވެފައިވާ އެސިސްޓެންޓް ކައުންސިލް އޮފިސަރ މަޤާމަށް ޝިފްނާ އަޙުމަދު ބަދަލުކޮށްދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ޠާރިޤު އަފީފު

އިބްރާހިމް ޙުސައިން

ސިމާޙު އިބްރާހިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަދު

27 ޑިސެންބަރު 2023