2024ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުުން

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 01 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  01/2024/04

ޖަލްސާ ބޭއްވިތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     04 ޖެނުއަރީ 2024

ޖަލްސާ ފެށި ގަޑ:       11:00   

ޖަލްސާ ނިމުނު ގަޑި:     11:17

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 50 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 50 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

2024ވަނަ އަހަރުގެ ބަޖެޓް ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުން.

2024 ވަނަ އަހަރަށް ތައްޔާރުކޮށްފައިވާ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ދިއުމަށާއި އަދި އިތުރުކުރަން ފެންނަކަންކަން ހިމަނައިގެން ވީހާވެސް އަވަހަކަށް ބަޖެޓް ފާސްކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. މިކަމާއި ގުޅިގެން އެއްވެސް ކަމެއް ނިންމާފައި ނުވެއެވެ.

 ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ޠާރިޤް ޢަފީފް

އިބްރާހީމް ޙުސައިން

ސިމާޙް އިބްރާހިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަދު

 

04 ޖެނުއަރީ 2024