2024 ވަނަ އހަރުގެ 03 ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 3 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  03/2024/04

ޖަލްސާ ބޭއްވިތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     18 ޖެނުއަރީ 2024

ޖަލްސާ ފެށި ގަޑ:       11:00   

ޖަލްސާ ނިމުނު ގަޑި:     11:30

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 02 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 02 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ރަށުގެ ޕިކްނިކް އޭރިއާ ސާފުކޮށް ބެލެހެއްޓުމަށް އތމ.ކޮމެޓީއަށް ދިނުމަށް އެދި ކޮމެޓީއިން ހުށަހަޅާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލުން ފާސްކޮށްފައިވާ ޕިކްނިކް އޭރިއާ ބެލެހެއްޓްމުގެ އުސޫލާއިއެއްގޮތަށް މަހަކު 3000 ރުފިޔާއަށް އތމ.ކޮމެޓީއަށް ޕިކްނިކް އޭރިއާ ބެލެހެއްޓްމަށް ހަވާލުކުރުމަށް ޖަލްސާގެ ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

 

އެޖެންޑާ އައިޓަމް 4

ފުޓްސަލް ޓީމުން ފޮނުވާފައިވާ ޕްރޮޕޯސަލް ކައުންސިލް ނަމުގައި ފޮނުވުމާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

ފުޓްސަލް ޓީމުން ފޮނުވާފައިވާ ޕްރޮޕޯސަލް ކައުންސިލް ނަމުގައި ސްޕޮންސަރ ހޯދުމަށް އެކި ފަރާތްތަކަށް ސިޓީ ފޮނުވަށް ޖަލްސާގެ ބައިވެރިވި މެމްބަރުންގެ އިންތިފާގުން ވަނީ ނިންމާފައެވެ.

 

އެޖެންޑާ އައިޓަމް 5

3 ފަންކާ ބޭނުން ވެގެން ސްކޫލުން ފޮނުވާފައިވާ ސިޓީ އާއި މެދު މަޝްވަރާކުރުން

ސްކޫލުއިން އެދިފައިވާ ގޮތަށް 3 ފަންކާ ދިނުމަށް ޖަލްސާގެ ބައިވެރިވި މެމްބަރުންގެ އިންތިފާގުން ވަނީ ނިންމާފައެވެ.

 

 ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ޠާރިޤް ޢަފީފް

ސިމާޙް އިބްރާހިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަދު

18 ޖެނުއަރީ 2024