2024 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 4 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  04/2024/04

ޖަލްސާ ބޭއްވިތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     25 ޖެނުއަރީ 2024

ޖަލްސާ ފެށި ގަޑ:       11:00   

ޖަލްސާ ނިމުނު ގަޑި:     11:30

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 03 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 03 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ބަނދަރު އުތުރު ފަރާތުގެ ހަޓް ކުއްޔަށް ދިނުމަށް ނިންމާފައިވާ ނިންމުން ރިވިއު ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ބަނދަރު އުތުރު ފަރާތުގެ ހަޓް ކުއްޔަށް ދިނުމަށް ނިންމާފައިވާ ނިންމުން ރިވިއު ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް ބަނދަރު އުތުރު ފަރާތުގެ ހަޓްތައް ފިނިމައިޒާނުގެ ގޮތުން ޒީނަތްތެރިކޮށް  ހެދުމަށް ޖަލްސާގެ ބައިވެރި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްވެފައެވެ.

 

އެޖެންޑާ އައިޓަމް 4

ފުޓްސަލް ޓީމުން އެހީއަށް ބޭނުންވެގެން ފޮނުވާފައިވާ ސިޓީ އާއި މެދު މަޝްވަރާކުރުން.

ފުޓްސަލް ޓީމުން އެހީއަށް ބޭނުންވެގެން ފޮނުވާފައިވާ ސިޓީ އާއި މެދު މަޝްވަރާކޮށް ފުޓްސަލް ޓީމްއަށް އެހީއެއްގެ ގޮތަށް -/5000 ރުފިޔާ އެހީއެއް ދިނުމަށް މެމްބަރ ފާތިމަތު ހުދާ ހުށަހެޅުންވިއެވެ. މިގޮތުން ހުށަހެޅުންވުމަށް މެމްބަރ ސިމާޙް ޢީބްރާހިމް،ނާއިބް ރައީސް އިބްރާހިމް ޙުސައިން، ދިނުމަށް ޖަލްސާގެ ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްވެފައެވެ.

އެޖެންޑާ އައިޓަމް 5

ސްކޫލުން އެދިފައިވާގޮތަށް 3 ވަނަ އާއްމު ބައްދަލުވުމުގައި ނިންމި ނިންމުމާއި އެއްގޮތަށް ފަންކާ ދިނުމަށް ބެލިއިރު އެފަންކާތައް ހަލާކުވެފައިވާތީ އެކަމާއިމެދު މަޝްވަރާކުރުން.

ސްކޫލުން އެދިފައިވާގޮތަށް 3 ވަނަ އާއްމު ބައްދަލުވުމުގައި ނިންމި ނިންމުމާއި އެއްގޮތަށް ފަންކާ ދިނުމަށް ބެލިއިރު އެފަންކާތައް ހަލާކުވެފައިވާތީ އެކަމާއިމެދު މަޝްވަރާކޮށް ކައުންސިލް އިދާރާގެ ހުރި ބޭނުން ނުކުރާ ސްޓޭންޑް 2 ފައްކާ ސުކޫލަށް ދިނުމަށް ޖަލްސާގެ ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

 

އެޖެންޑާ އައިޓަމް 6

ބަނދަރުން ފެނާއި ކަރަންޓް ވިއްކުމަށް ބޭނުންވާ އުސޫލު ހެދުން.

ބަނދަރުން ފެނާއި ކަރަންޓް ވިއްކުމަށް ބޭނުންވާ އުސޫލު ހެދުމާއި ބެހޭގޮތުން  މަޝްވަރާކޮށް ފެނާއި ކަރަންޓް އިން ކޮންމެ ގަޑިއިރަކަށް -/100 ރުފިޔާ އަދި އިތުރުވާ ކޮންމެ ކަޑިއިރަކަށް އިތުރަށް ފީނެގުމަށް ޖަލްސާގެ ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

އެޖެންޑާ އައިޓަމް 7

ކައުންސިލްގެ ރައީސް އަށް ޗުއްޓީ ދިނުން.

ކައުންސިލްގެ ރައީސް އަށް ޗުއްޓީ ދިއުމާއި ބެހޭގޮތުން މަޝްވަރާކޮށް ޗުއްޓީ ދިނުމަށް ޖަލްސާގެ ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

އެޖެންޑާ އައިޓަމް 7

1.      އަލަމާގޭގެ ބިލާބެހޭގޮތުން މަޝްވަރާކުރުން.

އަލަމާގޭގެ ބިލާބެހޭގޮތުން މަޝްވަރާކޮށް ކައުންސިލް ނަމުގައި ބިލަށްފައިސާ ނުދެންކުމަށް ޖަލްސާގެ ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ޠާރިޤް ޢަފީފް

އިބްރާހީމް ޙުސައިން

ސިމާޙް އިބްރާހިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަދު

25 ޖެނުއަރީ 2024