2024 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 5 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  05/2024/04

ޖަލްސާ ބޭއްވިތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     30 ޖެނުއަރީ 2024

ޖަލްސާ ފެށި ގަޑ:       13:30   

ޖަލްސާ ނިމުނު ގަޑި:     14:30

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 04 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 04 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ

އެޖެންޑާ އައިޓަމް 3

ކުށް މަދުކުރާ ކޮމެޓީ ހެދުމާއި ބެހޭގޮތުން މަޝްވަރާކުރުން

ކުށް މަދުކުރާ ކޮމެޓީ ހެދުމާއި ބެހޭގޮތުން މަޝްވަރާކޮށް އެގޮތުން ކުށް މަދުކުރާ ކޮމެޓީގައި ހިމެނޭ ފަރާތްތަކަކީ ކައުންސިލް މެމްބަރުންނާއި، އތމ.ކޮމެޓީގެ މެމްބަރުންނާއި، އެސްޖީއާއި، އިދާރީ މުވައްޒަފުންގެ ގޮތުގައި ޒަމަރާތު އަހުމަދު ދީދީ، ހަސަން އާލިމް ހިމެނޭ އަދި މި މިކޮމެޓީގައި ރަށުގެ މުއަށްސަސާތަކުގެ ތެރެއިން ފެނަކަ، ހެލްތު ސެންޓަރ، ސުކޫލް ،ފޮލިސް ޑެސްކް، ކޮންމެ މުއަށްސަސާއަކުން އެއްބޭފުޅަކު މި ކޮމެޓީގެ ހިމެނުމަށާއި އަދި ރަށުގެ ޖަމިއްޔާތުގެ މީހުންވެސް ހިމެނޭ ގޮތަށް ކުށް މަދުކުރާ ކޮމެޓީ ހެދުމަށް ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 4

ކޯޑު ބަދަލު ކުރުން 226002 - 211001

ކޯޑު ބަދަލު ކުރުން 226002 - 211001 އާއި ބެހޭގޮތުން މަޝްވަރާކޮށް ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 5

ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް ސަރަހައްދު ކަނޑައެޅުމާއި އުސޫލްހެދުމާއި ބެހޭގޮތުން މަޝްވަރާކުރުން

ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް ސަރަހައްދު ކަނޑައެޅުމާއި އުސޫލްހެދުމާއި ބެހޭގޮތުން މަޝްވަރާކޮށް ބިން ދޫކުރުމަށް ސަރަހައްދު ކަނޑައެޅުމުގެ އުސޫލެއް ހަދާއި ބިން ދޫކުރުމަށް ނިންމެވުން އަދި މި އުސޫލް ހެދުމުގައި އިދާރީ މުވައްޒަފަށް އެހީތެރިވުމުގެ ގޮތުން މެމްބަރ ސިމާޙް އިބްރާހިމް، އައްބާސާ މުހައްމަދު ހިމެނޭގޮތަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

ރަމަޟާން މަހަށް މިސްކިތް ތައްޔާރު ކުރުމަށް ކޯޓޭޝަނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާކުރުން

ރަމަޟާން މަހަށް މިސްކިތް މަރާމާތުކުރުމަށް ކައުންސިލުން ކުރެވިފައިވާ އިޢުލާނާއި އެއްގޮތަށް މަސައްކަތް ކުރިޔަން ގެންދިއުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށްވެފައި އަދި މިސްކިތް ހުޅުވިފަހުން މިހާތަނަށްމިސްކިތުގެ ކުލަ ލާފައި ނުވާތީ އާއި އަދި މީގެ އިތުރުންވެސް މިސްކިތުގެ ބޮކި ބަދަލުކުރުން ފަދަ ކަންކަމަކީ މިހާރުން މިހާރަށްވެސް ކުރަންޖެހޭ ކަންކަން ކަމުން، ވީހާވެސް އަވަހަށް މިމަސައްކަތް ކައުންސިލުން ބަޖެޓުން ޚަރަދުކޮށްގެން ކުރުމަށް ފެންނަކަމަށް ކައުންސިލްގެ ރައީސް ވަނީ ހުށަހަޅާފައެވެ. މިގޮތުން ކައުންސިލްގެ ރައީސް ވަނީ ކައުންސިލްގެ 2024 ވަނަ އަހަރު މިސްކިތް މަރާމާތު ކުރުމަށް ކަނޑައަޅާފައިވާ ކޯޑުން ފައިސާ ޚަރަދު ނުކުރެވޭނަމަ ކައުންސިލުން 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެހެން ޕްރޮޖެކްޓްތަށް މަޑުޖައްސާލުމަށްފަހުގައި ނަމަވެސް މިސްކިތް މަރާމާތުގެ މަސައްކަތް ވީހާވެސް އަވަހަށް ކުރަން ފެންނަކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

ސިނާއީ މަސައްކަތް ތަކުގެ ތެރެއިން ކޮންސްޓަރަކްޝަން މަސައްކަތް ކުރުމަށް ބިންދޫކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރުން

ސިނާއީ މަސައްކަތް ތަކުގެ ތެރެއިން ކޮންސްޓަރަކްޝަން މަސައްކަތް ކުރުމަށް ލޭންޑް ޔޫސްޕްލޭންގައިވާ ގޮތަށް ހުވަތު ތެޔޮ ފިހާރައިގެ އުތުރަށް އޮތް ސަރަހައްދުން 1500 އަކަފޫޓް ބިން ދިނުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 8

ކުޅިވަރާ އެހެނިހެން ކަންތަށްތަކުގައި ރަށް ތަމްސީލް ކުރާއިރު ކައުންސިލް ނަށް ބޭނުންކުރައްޔާ ކައުންސިލް ހުއްދަޔާއެކީ ބޭނުންކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކުޅިވަރާ އެހެނިހެން ކަންތަށްތަކުގައި ރަށް ތަމްސީލް ކުރާއިރު ކައުންސިލްގެ ނަށް ބޭނުން ކުރަންވާނީ ކައުންސިލްގެ ހުއްދަ ލިބިގެން ކަމަށާއި އަދި ހުއްދަ ނެތި ރަށުގެ ނަން ބޭނުން ކޮށްފިނަމަ އެފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

އެޖެންޑާ އައިޓަމް 9

ކުރީގެ ކައުންސިލްއިން ދީފަ ހުރި ގޯތިތަށް ނެގުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ނުވާ ގޯތި ތަކަކީ ބާޠިލް ކުރަންޖެހޭ ގޯތި ތަށް ކަމަށާއި މިގޮތުން ބިމާއި ބެހޭ ޤާނޫނު ބުނާ ގޮތުން ގޯތި ލިބޭތާ 5 އަހަރު ދުވަހުގެ ތެރޭގައި އެގޯތީގައި ދިރިއުޅެން ފަށަން ޖެހޭނެ ކަމަށް އެޤާނޫނުގައި ބަޔާން ކޮށްފައިވާތީ ، ބިމާއި ބެހޭ ޤާނޫނާއި އެއްގޮތަށް ދިރިއުޅެން ނުފަށާ ހުރި ގޯތި ތަކުގެ ވެރިންނަށް 3 މަސްދުވަހުގެ ނޯޓިސް އެއް ދީ އެމުއްދަތުގައި އެގޯތި ތަކުގައި ދިރިއުޅުމަށް އިމާރާތް ކުރަން ނުފަށައިފިނަމަ އެގޯތިތަށް ބާޠިލް ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 10

ސުކޫލްތަކާއި ޖަމިއްޔާތަކަށް އެހީދިނުމަށް އުސޫލް ފާސްކުރުން

ސުކޫލްތަކާއި ޖަމިއްޔާތަކަށް އެހީދިނުމަށް އުސޫލް ހަދާއި އެ އުސޫލާ އެއްގޮތަށް އެހީ ދިނުމާއި ބެހޭގޮތުން މަޝްވަރާކޮށް އެސޫލާއި އެއްގޮތަށް އެހީ ދިނުމަށް ނިންމުނެވެ.

 

 ބައިވެރިވި ފަރާތްތައް

ޠާރިޤް ޢަފީފް

އިބްރާހީމް ޙުސައިން

އައްބާސާ މުޙައްމަދު

ސިމާޙް އިބްރާހީމް

ފާތމަތު ހުދާ 

 

30 ޖެނުއަރީ 2024