2024 ވަނަ އަހަރުގެ 06 ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 6ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  06/2024/04

ޖަލްސާ ބޭއްވިތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     15 ފެބުރުއަރީ 2024

ޖަލްސާ ފެށި ގަޑ:        09:00

ޖަލްސާ ނިމުނު ގަޑި:     09:35

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޙުސައިން)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 05 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 05 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ވިޔަފާރި / ސައި ހޮޓާ ހިންގުމަށް ބިން ދޫކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން

ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ވިޔަފާރި / ސައި ހޮޓާ ހިންގުމަށް ބިން ދޫކުރުމަށް ލޭންޑް ޔޫސްޕްލޭންގައި ކަނޑައަޅާފައިވާ ބިންތަކުގެ ތެރެއިން ކާނީ ޕާކްގެ އުތުރުން އޮތް ސަރަހައްދުން ބިން ދޫކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ސިޔާސީ ޕާޓީތަކަށް ބިންދޫކުރުމުގެ އުސޫލު ފާސްކުރުން

ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް ކައުންސިލުން އެކުލަވާލާފައިވާ އުސޫލު ރަނގަޅުކަމަށާއި އަދި މިއުސޫލު ފާސްކުރުމަށް ފެންނަކަމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ދަނޑުބިން ދޫކުރުމުގެ އުސޫލް ފާސްކުރުން

ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް ކައުންސިލުން އެކުލަވާލާފައިވާ އުސޫލު ރަނގަޅުކަމަށާއި އަދި މިއުސޫލު ފާސްކުރުމަށް ފެންނަކަމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

ތިނަދޫ ކައުންސިލުން ފޮނުވާފައިވާ ސިޓީ އަހުމަދު ރިޔާޟްގެ ރަޖިސްޓްރީއާއި ބެހޭގޮތުން މަޝްވަރާކުރުން

މުހައްމަދު ރިޔާޟް ތިނަދޫގެ ރަންވެހިންގެ ރަޖިސްޓްރީން އުނި ކުރެވޭނީ 5000 ރުފިޔާ ދިނުމުން ކަމަށް ތިނަދޫ ކައުންސިލުން ބުނެފައިވާތީވެ،  މިރަށުގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތެއް ތިނަދޫ ކައުންސިލަށް ރަށްވެހިކަން ބަދަލުކުރެވޭނީ  10000 ރުފިޔާ ފީއެއް މިކައުންސިލަށް ދެންކުމުންކަމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 7

ކައުންސިލް ޤުރުއާން މުބާރާތް ބާއްވާނެ ދުވަހަކާއި ބެހެގޮތުން މަޝްވަރާކުރުން

ކައުންސިލްގެ ނަމުގައި 2024 ވަނަ އަހަރުގެ ބާއްވާ ޤުރުޢާން މުބާރާތް ޖުލައި މަހުގައި ބާއްވާ ގޮތަށް ފެންނަކަމަށް ނިންމުނެވެ.

ބައިވެރިވި ފަރާތްތައް

ނަން

1.      އިބްރާހިމް ޙުސައިން

2.      އައްބާސާ މުޙައްމަދު

3.      ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް

 

 08 ފެބްރުއަރީ 2024