2024 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

 

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 7 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  07/2024/04

ޖަލްސާ ބޭއްވިތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     15 ފެބުރުއަރީ 2024

ޖަލްސާ ފެށި ގަޑ:       11.00   

ޖަލްސާ ނިމުނު ގަޑި:     11:30

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޙުސައިން)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 06 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 06 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ބަނދަރު ދެކުނު ވިޔަފާރި ބިން ދޫކުރުމަށް 2023 ވަނަ އަހަރު ކުރެވުނު އިޢުލާނާއި ގުޅިގެން އަޝްރަފް އަބްދުﷲ ހުށަހަޅާފައިވާ ޕްރޮޕޯސަލްގައިވާ ބިންތަކުގެ ތެރެއިން ބޭނުންވާ ބިމަކީ އެއިޢުލާނާ އެކުގައިވާ ޗާޓްގައި ހިމނޭ 4 ވަނަ ބިން ކަން އެފަރާތުން ފާހަގަކޮށްފައިވާތީވެ، އެބިން ހަވާލުކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

އެއިޢުލާނާއި ގުޅިގެން 4 ބިންވެސް ކާމިޔާބު ކޮށްފައިވަނީ އަޝްރަފް އަބްދުﷲ ކަމަށްވެފައި ، އެބިންތަކުގެ ތެރެއިން އޭނާ އެދިފައިވާގޮތަށް 4 ވަނަ ބިން ދޭން ފެންނަކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ޔޫޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީގެ ފަރާތުން މިރަށުގެ ކުނިކޮށި ސަރވޭކުރުމަށްފަހު ފޮނުވާފައިވާ ރިޕޯޓާއި މެދު މަޝްވަރާކުރުން.

ރަށުގެ ކުނި މެނޭޖް ކުރަމުންދާ ގޮތާއި މެދު ޔޫޓިލިޓީ ރެގިއުލޭޝަންގެ ފަރާތުން ފޮނުވާފައިވާ ރިޕޯޓާއި މެދު އަމަލުކުރާނެ ގޮތެއް ރަނގަޅަށް ބެލުމަށްފަހު ދެން އޮނަ ޖަލްސާއަކުން މިކަމަށް ގޮތެއް ނިންމުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ކައުންސިލްގެ އަޑުގަދަކުރާ ބޭނުން ކޮށްގެން އަމިއްލަ ފަރާތްތަކުގެ އިޢުލާންތަށް ގޮވައިދޭނެ އުސޫލެއް ހެދުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

ލައުޑް ސްޕީކަރ ބޭނުންކޮށްގެން އިޢުލާންތަށް ގޮވުމަށް އުޞޫލެއް ހެދުމަށް ފެންނަކަމަށް ނިންމުނެވެ.

ބައިވެރިވި ފަރާތްތައް

ނަން

1.      އިބްރާހިމް ޙުސައިން

2.      ސިމާހު އިބްރާހިމް

3.      ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް

 15 ފެބްރުއަރީ 2024