2024 ވަނަ އަހަރުގެ 08 ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 8 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  08/2024/04

ޖަލްސާ ބޭއްވިތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     22 ފެބުރުއަރީ 2024

ޖަލްސާ ފެށި ގަޑ:       11.00   

ޖަލްސާ ނިމުނު ގަޑި:     11:30

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްރައީސް ޠާރިޤު އަފީފު(

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ07  ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 07 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ކައުންސިލުން ޚިދުމަތު އެސްއޯޕީ ފާސްކުރުން.

ކައުންސިލުން ޚިދުމަތް އެސްއޯޕީ ރަނގަޅުކަމަށާއި އަދި އެސްއޯޕީ ފާސްކޮށް ވެބްސައިޓްއަށް އަޕްލޯޑްކުރުމަށް ފެންނަކަމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ކައުންސިލުން ދޭ ޚިދުމަތްތަކަށް ފީނެގުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

ކައުންސިލުން ދޭ ޚިދުމަތްތަކަށް ފީނެގުމާއި ބެހޭ އުސޫލްއެއް ހެދުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ކައުންސިލުންގެ މަސްއޫލިއްޔަތު ތަށް ރިވިއު ކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

ކައުންސިލުންގެ މަސްއޫލިއްޔަތު ތަށް ރިވިއު ކުރުމާއި މެދު މަޝްވަރާކޮށް ކޮންމެ ކައުންސިލް މެމްބަރެއްވެސް އެ މެމްބަރެންގެ  މަސްއޫލިއްޔަތު ކިޔުމަށް ފަހު އުނިއިތުރު ގެންނަށް ބޭނުންވާ ކަންތަންތަން ދެންއަންނަށް ޖަލްސާއެއްގައި ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

ލާމަރުކަޒީ ދުވަސް ފާހަގަ ކުރުމަށް މަޝްވަރާކުރުން.

ލާމަރުކަޒީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަޖްރިބާ ދަތުރެއްގައި ގައްދޫ ކައުންސިލާއި ބައްދަލުކުރުމަށް ގައްދުއަށް ދިއުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

ފަޅުގޯތިތަށް ނެގުމުގެ އުސޫލްހެދުން

ފަޅުގޯތިތަށް ނެގުމުގެ އުސޫލް ހެދުމާއި މެދު މަޝްވަރާކޮށް ވަނީ 6 މަސްދުވަސް ދޭންވާނެކަމާއި، އަދި ގޯތިތަކުގައި ވަށާފާރު ރާނަފައި،އަދި ފައުންޑޭޝަން އަޅާފައި ހުންނަށްޖެހޭނެ ކަމާއި އަދި 6 މަސްދުވަސްތެރޭގައި މަސައްކަތް ނުފަށާ ހުރި ގޯތިތަށް ނެގޭނެކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 8

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަތުން ފީނެގުމާއި ބެހޭގޮތުން މަޝްވަރާކުރުން

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީ އަތުން -/350 ރުފިޔާ ފީއެއް ނެގުމަށް ނިންމުނެވެ.

ބައިވެރިވި ފަރާތްތައް

ނަން

1.      ޠާރިޤު އަފީފު

2.      އިބްރާހިމް ޙުސައިން

3.      ސިމާހު އިބްރާހިމް

4.      ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް

5.      އައްބާސާ މުޙައްމަދު

 22 ފެބްރުއަރީ 2024