2024 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުން

 

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 9 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ނަންބަރު:  09/2024/04

ޖަލްސާ ބޭއްވިތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     29ފެބުރުއަރީ 2024

ޖަލްސާ ފެށި ގަޑ:       11.00   

ޖަލްސާ ނިމުނު ގަޑި:     11:30

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްރައީސް ޠާރިޤު އަފީފު(

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ08  ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 08 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ޕިކަޕް ދުއްވާ މީހުންނަށް ސިޓީ އެއް ފޮނުންވުމަށް (ކުނި ގޮޑަށް އުކާ ކުނި އާއި، ބެހޭގޮތުން)

ކުނި ގޮޑަށް ކުނި އުކާލުމުގައި ސަމާލުކަށް ދިނުމަށް ޕިކަޕް ދުއްވާ މީހުންނަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ރޯދަމަހު ފަހު 10 ގައި އޮފީސް 1 ގަނޑި އިރަށް ހުޅުވުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ރޯދަމަހު ފަހު 10ގައި ހިދުމަތް ދޭގޮތާއި ބެހޭގޮތުން ރައްޔިތުންނަށް އެންގުމަށްޓަކައި އިއުލާނެއް ކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ވިޔަފާރިބިން ކުއްޔަތް ދިނުމުގެ މުއްދަތު އިތުރުކުރުން.

ފެބްރުއަރީ މަހު ބޭންވި ރައްޔިތު ބައްދަލުވުމަގައި ވިޔަފާރި ބިން ކުއްޔަތް ދިނުމުގައި މުއްދަތު އިތުރުކުރުމަށް ދީފައިވާ ހިޔާލާއި މެދު މަޝްވަރާކޮށް 25 އަހަރަށް ވިޔަފާރި ބިން ކުއްޔަތް ދިނުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

ކުޅިވަރު މުބާރާތްތަކަށް ސްޕޮންސަރ ހޯދުމަށް ޕްރޮޕްސަލް ހެދުމަށް މަޝްވަރާކުރުން.

 ކުޅިވަރު މުބާރާތްތަކަށް ސްޕޮންސަރ ހޯދުމަށް ޕްރޮޕޯސަލް ހެދުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 7

ނާސަރީ/ބޭބީ ނާސަރީ ދިރާސީ އަހަރު ފެށުމާއި ބެހޭގޮތުން މަޝްވަރާކުރުން

ބޭބީ ނާސަރީ/ ނާސަރީގެ ހިދުމަތް ސުކޫލާއި ގުޅިގެން ދިރާސީ އަހަރު ފެށުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 8

ކުޅިވަރު ލަފާދޭ ކޮމެޓީއެއް ހެދުން

ކުޅިވަރު ލަފާދޭނެ ކޮމެޓިއެއް އެކުލަވާލެވުމަށް ޢިއުލާނެން ކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 9

އަތޮޅު ކައުންސިލްއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން ވާހަކަދެންކުން

އަތޮޅު ކައުންސިލްއިން ފޮނުވާފައިވާ ސިޓީގައި ބަޔާންކުރެވިފައިވާ ކޯޗުން،އޮފްޝަލުން،އަމްޕެޔަރުން ތަމްރީން ކުރުމަށް މީގެ ކޮންމެ ކުޅިވަރަކަށް 4 ފަރާތެން ފޮނުވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 10

ފެހެލާ ދަނޑުވެރިކަމާއި، ވިޔަފާރިކުރުމަށް ދިނުން

ފެހެލާ ދަނޑުވެރިކަމާއި، ވިޔަފާރިކުރުމަށް 50 އަހަރަށް ދިނުމަށް ނިންމުނެވެ.

 

މިޔައުމިއްޔާގައިވާ މަޢުލޫމާތު ރަނގަޅުކަމަށް ފާސްކޮށްފީމެވެ.

ނަން

1.      ޠާރިޤު އަފީފު

2.      އިބްރާހިމް ޙުސައިން

3.      ސިމާހު އިބްރާހިމް

4.      ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް

5.      އައްބާސާ މުޙައްމަދު

 

29 ފެބްރުއަރީ 2024