2024 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 10 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                       ނަންބަރު:  10/2024/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:     07 މާރިޗް 2024

ޖަލްސާ ފެށި ގަޑި:       11.00   

ޖަލްސާ ނިމުނު ގަޑި:     11:30

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްރައީސް ޠާރިޤު އަފީފު)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 09  ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 09 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ޖަމާޢަތްތެރިން (ކަށުކަމާ ކެމީގެ މަސައްކަތް ކުރުމަށް) ގެ ޓީމެއް ހަދައި ތަމްރީނު ދިނުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

ކަށުކަމާ ކެމީގެ މަސައްކަތް ކުރުމުގެ ޓިމެއް ހެދުމަށް އިއުލާނެއް ކުރުމަށް ފެންނަކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ދީނީ ސުވާލު މުބާރާތުގެ އުސޫލު ފާސްކުރުން

ދީނީ ސުވާލު މުބާރާތު ކައުންސިލުން އެކުލަވާލާފައިވާ އުސޫލު ރަނގަޅުކަމަށާއި އަދި މިއުސޫލު ފާސްކުރުމަށް ފެންނަކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

މިހާތަނަށް ދީފައިވާ ގޯތި ތަކުގެ ތެރެއިން ދިރިއުޅުން ނުފަށާ ގޯތި ތަކުގެ ލިސްޓް ހިއްސާކުރުން

މިހާތަނަށް ދީފައިވާ ގޯތި ތަކުގެ ތެރެއިން 5 އަހަރަށް ވުރެ ގިނަ ދުވެސްވެފައިވާ ދިރިއުޅުން ނުފަށާ ގޯތި ތަކުގެ ލިސްޓް ގައިވާ  ގޯތި އާމްކޮށް އިއުލާން ކުރުމަށް ނިންމުނެވެ.

މިޔައުމިއްޔާގައިވާ މަޢުލޫމާތު ރަނގަޅުކަމަށް ފާސްކޮށްފީމެވެ.

  1. ޠާރިޤު އަފީފު

  2. އިބްރާހިމް ޙުސައިން

  3. ސިމާހު އިބްރާހިމް

  4. ފާތިމަތު ހުދާ އަބްދުލް ޤައްޔޫމް

  5. އައްބާސާ މުޙައްމަދު

 

07 މާރިޗު 2024