2024 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 11 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  11/2024/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:     14 މާރިޗް 2024

ޖަލްސާ ފެށި ގަޑި:       11.00   

ޖަލްސާ ނިމުނު ގަޑި:     11:30

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްރައީސް ޠާރިޤު އަފީފު(

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 10 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 10 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

މިހާތަނަށް ދީފައިވާ ގޯތި ތަކުގެ ތެރެއިން ކޮންމެވެސް ވަރަކަށް މަސައްކަތްކޮށްފައި ހުރި ގޯތިތަކުގެ ލިސްޓް ހިއްސާކުރުން.

މިހާތަނަށް ދީފައިވާ ގޯތިތަކުގެ ތެރެއިން ކޮންމެވެސް ވަރަކަށް މަސައްކަތްކޮށްފައި ހުރި ގޯތިތަކުގެ ލިސްޓް ވަނީ ހިއްސާކޮށް އަދި މިގޯތިތަކާއި ބެހޭގޮތުން ކައުންސިލުން އެންތަނެންގެ ތިބެ މަޝްވަރާކޮށް ދެން އަންނަށް ޖަލްސާއަކަށް ދިއުމުގެ ކުރިން ވަކިގޮތަކަށް ނިންމާއިގެން ޖަލްސާއަށް އައުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ޕޮލިހުން ދޭ ހިދުމަތްތަކާއި ބެހޭގޮތުން މަޝްވަރާކުރުން.

ޕޮލިހުންދޭ ހިދުމަތްތަކާއި އަދި އެހެނިކަންތަންތަކާއި އަދި ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބިފައިހުރި ކަންބޮޑުވުންތަކާއި ބެހޭގޮތުން ޕޮލިހުންގެނެސްގެން މަޝްވަރާކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ގްރޭޑް 10 ދަރިވަރުންނަށް ރޯދަވިއްލުމާއި ބެހޭގޮތުން މަޝްވަރާކުރުން

ފާއިތުވި 2 އަހަރުވެސް އޯލެވަލް އިމްތިހާނާ ދިމާކޮށް ކައުންސިލްގެ ފަރާތުން ގްރޭޑް 10 ގެ ދަރިވަރުންނަށް ރޯދަވިއްލުމެން ދިފައިވާތީވެ މިފަހަރުވެސް ގްރޭޑް 10 ގެ ދަރިވަރުނަށް ރޯދަވިއްލުމެން ދިނުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

އަޝްރަފް އަބުދުﷲއަށް ދީފައިވާ ވިޔަފާރިބިމުގެ އެގްރިމެންޓްގައިވާގޮތުން 10 ދުވަސް ތެރޭގައި ފައިސާ ދައްކަވާފައި ނުވާތީ އެކަމާ މަޝަވަރާކުރުން.

އަޝްރަފް އަބުދުﷲއަށް ދީފައިވާ ވިޔަފާރިބިން އެގްރީމެންޓްއާއި ހަވާލްވާދުވަހުން ފެށިގެން 10 ދުވަސް ތެރޭގައި އެޑްވާންސް ފައިސާ ދައްކަވަންޖެހޭ އަދި މިހާތަނަށް މި ފައިސާ ކައުންސިލްއަށް ދަންކަވާފައިނުވާތީވެ، އަޝްރަފް އަބުދުﷲއަށް ނޯޓިސްއެން ފޮނުވުމަށް އަދި ނޯޓިސްގައި 5 ދުވަސް ތެރޭގައި ފައިސާ ދެންކުމާއި، 5 ދުވަސްތެރޭގައި ފައިސާ ނުދަށްކަވާނަމަ އެގްރީމެންޓް ބާތިލްކުރެވޭނަކަމަށް ނިންމުނެވެ.

މިޔައުމިއްޔާގައިވާ މަޢުލޫމާތު ރަނގަޅުކަމަށް ފާސްކޮށްފީމެވެ.

  1. ޠާރިޤު އަފީފު

  2. އިބްރާހިމް ޙުސައިން

  3. ސިމާހު އިބްރާހިމް

  4. ފާތިމަތު ހުދާ އަބްދުލް ޤައްޔޫމް

  5. އައްބާސާ މުޙައްމަދު

 

14 މާރިޗު 2024