2024 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 11 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  11/2024/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:     21 މާރިޗް 2024

ޖަލްސާ ފެށި ގަޑި:       11.00   

ޖަލްސާ ނިމުނު ގަޑި:     11:30

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްރައީސް ޠާރިޤު އަފީފު(

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 11 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 11 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ކައުންސިލުންގެ މުސާރަ ބޮޑު ކުރުމާއި ގުޅިގެން، މުސާރަދިނުމަށް ބޭނުންވާ ފައިސާ ބަޖެޓްގެ ތެރެއިން ހަމަޖެންސުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

ކައުންސިލުން މުސާރާބޮޑުކުރުމާއި ގުޅިގެން ބަޖެޓްގެ ތެރެއިން މުސާރާ ދިނުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

އިމަޖެންސީ ރެސްޕޯންޑް ޓީމެއް ނަގައި އެޓީމަށް ތަމްރީން ޕްރޮގްރާމްތަށް ހިންގުމާއި މެދު މަޝްވަރާކުރުން.

އިމެޖެންސީ ރެސްޕޯންޑް ޓީމެއް ނެގުމުގައި ކޮންމެ މުވަށްސަސާތަކުން ބޭފުޅާކު ގެނެސްގެން މަޝްވަރާކޮށްފަ އަދި މުވަށްސަސާތަކަށް ސިޓީފޮނުވުމަށް  ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ރަޖިސްޓްރީ ނޮކޮށް ހުރި އެޅަދުފަހަރު ރަޖިސްޓްރީ ކުރުމަށް ވަކިމުއްދަތެއް ދިނިން

ރަޖިސްޓްރީ ނޮކޮށް ހުރި އުޅަދުފަހަރު ރަޖިސްޓްރީ ކުރުމަށް 3 މަސް ދިނުމަށް އިއުލާނެއް ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

އީދު ނަމާދު ފުޓްސެލް ދަނޑުގައި ކުރުމާއި މެދު މަޝްވަރާކުރުން

 އީދު ނަމާދު ފުޓްސަލް ދަނޑުގައި ކުރުމަށް ނިންމުނެވެ.

މިޔައުމިއްޔާގައިވާ މަޢުލޫމާތު ރަނގަޅުކަމަށް ފާސްކޮށްފީމެވެ.

  1. ޠާރިޤު އަފީފު

  2. އިބްރާހިމް ޙުސައިން

  3. ސިމާހު އިބްރާހިމް

  4. ފާތިމަތު ހުދާ އަބްދުލް ޤައްޔޫމް

  5. އައްބާސާ މުޙައްމަދު

 

21 މާރިޗު 2024