2024 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 13 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ނަންބަރު:  13/2024/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   27 މާރިޗް 2024

ޖަލްސާ ފެށި ގަޑި:       10:45 

ޖަލްސާ ނިމުނު ގަޑި:     11:30

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްރައީސް ޠާރިޤު އަފީފު(

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 12 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 12 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ސަރުކާރުން ރައްޔިތުންނަށް ބަހަށް ދިން ކާޑުގެ ބާކީ ހުރި ކާޑު ތަކާއި ބެހޭގޮތުން ވާހަކަދެންކުން.

ސަރުކާރުން ރައްޔިތުންނަށް ބަހަށް ދިން ކާޑުގެ ބާކީ ހުރި ކާޑު ރަށުގައި ދިރިއުޅޭ އެންމެ ފަގީރު މީހުންނަށް ބެހުމާށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ވެޓަރެންސް ފުޓްސަލް ޓޯނަމެންޓް އަށް ސްޕޯންސާރ ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން

ޒުވާނުން އިސްނަގައިގެން ރަށުގެ 30 އަހަރުން މަތީ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެއް އެގޮތުން ޒުވާނުންގެ ފަރާތުން ވަނީ ޓްރޮފީއާއި ކެންވެސް ހެދުން އެދިފައެވެ.  އެގޮތުން ބަޖެޓްގެތެރެއިން ކުރެވެން ހުރި ކަންތަންތަށް ކުރުމާއި ކެންވާސް އަދި ޓްރަފީ ހެދުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ގޯލްޑަށް ފުޓްސަލް އެސޯސިއޭޝަން އިން ފޮނުވާފައިވާ ސިޓީއާއި ބެހޭޣޮތުން މަޝްވަރާކުރުން.

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން އިން ފޮނުވާފައިވާ ސިޓީގައި 4 ޖެނުއަރީ 2025 ފެށުމަށް ހަމަޖެހިފައިވާ ގޯލްޑެން ފުޓްސެލް ޓޯނަމެންޓްގައި ބައިވެރިވުމުގެ ފުރުސަތު 20 އެޕްރިލް 2024 ގެ ނިޔަލަށް ރަށު ކައުންސިލްތަކަށް ހުޅުވާލާފައިވާތީ މިފަހަރު ވެސް ގޯލްޑެން ފުޓްސެލް ޓޯނަމެންޓް ގައި ޓީމް ބައިވެރިކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

ފެނަކައިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ފެނަކައިން ބިމުގެ ރަޖިސްޓްރީ ހޯދުމާއި ގުޅޭގޮތުން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރަާކޮށް ވަނީ އެގްރިމަންޓްގެ ދަށުން ކުރިއަށް ދިމުމަށާއި އެގްރީމަންޓްގެ ދަށުން ކުރިއަށް ނުދެވޭނަމަ ރަޖިސްޓްރީ ހަދައިގެން ކުރިއަށް ގެންދިމަށް ނިންމުނެވެ.

ހާޟިރުވި މެންބަރުން

ޠާރިޤް ޢަފީފް

އިބްރާހިމް ޙުސައިން

ސިމާހު އިބްރާހިމް

ފާތިމަތު ހުދާ

އައްބާސާ މުހައްމަދު