ޙުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 29 ވަނަ އާމް ބައްދަލުވުމުން ނިންމި ކަންތައްތައް

ޙުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ  ދައުރުގެ 2022 ވަނަ އަހަރުގެ            29 ވަނަ އާމް ބައްދަލުވުމުން ނިންމި ކަންތައްތައް

ޖަލްސާ ބޭއްވިތަން:   ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     18 އޮގަސްޓް 2022

ޖަލްސާ ފެށި ގަޑ:       11:30

ޖަލްސާ ނިމުނު ގަޑި:     12:00

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

 

ނިންމި ކަންތައްތައް

 

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 28 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 28 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ކައުންސިލަށް ގަނެފައިވާ ޕިކަޕް ބޭއްވުމަށް ގަރާޖެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

ކައުންސިލަށް ގަނެފައިވާ ޕިކަޕް ބޭއްވުމަށް ގަރާޖެއް ވީހާވެސް އަވަހަށް ހެދުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 4

ހޭންޑްބޯޅަ އަދި ފުޓްސަލް ކުޅުމަށް އަންހެން ކަނބަލުންނަސް ފުޓްސަލް ދަނޑު ދޫކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

ފުޓްސަލް މުބާރާތް ސެޕްޓެމްބަރ 25ގައި ބޭއްވުމަށް އިޢުލާނުކުރުމަށާއި، ހަފްތާއަކު  2ދުވަހު ހަވީރު އަންހެން ކަނބަލުންނަށް ފުޓްސަލް ދަނޑު ޚާއްސަކުރުމަށްފަހު އިޢުލާންކުރުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ. އަދި އަންހެން ކަނބަލުންނަށް ވަގުތީގޮތުން ހޭންޑްބޯޅަ ކުޅުމަށް ކިޑްސް އިދާރާ ހުރި ބިން ހެދުމަށް ނިންމުނެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 5

މިއަހަރު އޯލެވެލް ނިންމައި ރަނގަޅު ނަތީޖާ ހާސިލް ކުރި ދަރިވަރުން އަގުވަޒަންކުރުމާގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

މިއަހަރު ގއ.ކަނޑުހުޅުދޫ ސްކޫލްއިން އޯލެވެލް ނިންމައި ހުރިހާ މާއްދާތަކުން ފާސްވެފައިވާ ދަރިވަރުންނަށް ކައުންސިލްގެ ފަރާތުން ހަނދާނީ ފިލާ ދިނުމަށް ނިންމުނެވެ. އަދި ސްކޫލްއިން ރާއްޖޭގެ ގަދަ 10ގައި ހިމެނޭ ދަރިވަރުންނަށް ކައުންސިލްގެ ފަރާތުން ހަދިޔާ ދިނުމަށް ނިންމުނެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

 

އެޖެންޑާ އައިޓަމް 6

ހިޔަލީގޭގެ ގޯތީގައި ހުރި މޫނިމާ ގަހުން، ވިނަ ގޭގެ ފުރާޅުން ފެންނެގުމަށް ދަތިވެފައިވާތީ އެކަމާގުޅޭގޮތުން އަބްދުލްޤައްޔޫމް ހުށަހަޅާފައިވާ ސިޓީއާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

ހިޔަލީގޭގެ ގޯތީގައި ހުރި މޫނިމާ ގަހުން، ވިނަ ގޭގެ ފުރާޅުން ފެންނެގުމަށް ދަތިވެފައިވާތީ އެކަމާގުޅޭގޮތުން އަބްދުލްޤައްޔޫމް ހުށަހަޅާފައިވާ ސިޓީއާއި ގުޅޭގޮތުން މަޝްވަރާކޮށް ކައުންސިލުން ހިޔަލީގޭގެ ފަރާތްތަކާއެކު ވާހަކަދައްކައިގެން މިކަން ހައްލުކުރެވޭތޯ މަސައްކަތްކުރުމަށް ނިންމުނެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

ޖަލްސާގައި ބައިވެރިވި ފަރާތްތައް

ނަން

މަޤާމް

އިބްރާހީމް ޙުސައިން

ކައުންސިލްގެ ނައިބުރައިސް

އައްބާސާ މުޙައްމަދު

ކައުންސިލް މެމްބަރ

ފާތިމަތު ހުދާ ޢަބްދުލްޤައްޔޫމް

ކައުންސިލް މެމްބަރ

18 އޮގަސްޓް 2022