ކައުންސިލްގެ 4ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 33 ވަނަ އާއްމު ބައްދަލުވުމުގައި ނިންމި ކަންތައްތައް

ޖަލްސާ ބޭއްވިތަން:  ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     15 ސެޕްޓެމްބަރ 2022

ޖަލްސާ ފެށި ގަޑ:       08:00 

ޖަލްސާ ނިމުނު ގަޑި:     09:00

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 32 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 32 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.    

އެޖެންޑާ އައިޓަމް 3

ލޯގޯހެދުމަށް ބަޖެޓް ކޯޑުގައި ފައިސާނެތުމުން ކޯޑު ބަދަލުކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމުން.

ލޯގޯހެދުމަށް ބަޖެޓް ކޯޑުގައި ފައިސާނެތުމުން ކޯޑު ބަދަލުކުރުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ.

   ·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

އެޖެންޑާ އައިޓަމް 4

ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްތައް ކުއްޔަށް ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްތައް ކުއްޔަށް ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށް ރުއްތަކުގެ އަދަދާއި ރުއްތައް ހުރި ސަރަހައްދު ދެނެގަތުމަށްފަހު ރުއްތައް ވަރުވާއަށް ދިނުމަށް އުސޫލެއް ހަދައި ބުރާސްފަތި ދުވަހުގެ ކުރިން ހުށަހެޅައި ވީހާވެސް އަވަހަށް ރުއްތައް ކުއްޔަށް ދޫކުރުމަށް މެންބަރުންގެ އިއްތިފާޤުން ނިންމައިފައިވެއެވެ. އަދި ހަމައެހެންމެ އަލަށް ހަދާފައިވާ މަގުގައި ރުއްޖެހުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމާފައެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

އެޖެންޑާ އައިޓަމް 5

ކައުންސިލްގެ ހުސްވެފައިވާ އ.ކައުންސިލް އޮފިސަރގެ މަޤާމަށް މީހަކު ޢައްޔަނުކުރުމަށް އިޢުލާނުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

ކައުންސިލްގެ ހުސްވެފައިވާ އ.ކައުންސިލް އޮފިސަރގެ މަޤާމަށް މީހަކު ޢައްޔަނުކުރުމަށް އިޢުލާނުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް އަވަހަށް އިއުލާންކުރުމަށް ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

  އެޖެންޑާ އައިޓަމް 6

ކައުންސިލަށް އާމްދަނީއެއް ހޯދުމަށް ވިޔަފާރިއެއް ފެއްޓުމާއި ގުޅޭގޮތުން މަޝްވަރާކުރުން.

ހުށަހެޅުއްވީ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިން

ކައުންސިލަށް އާމްދަނީއެއް ހޯދުމަށް ވިޔަފާރިއެއް ފެއްޓުމާއި ގުޅޭގޮތުން މަޝްވަރާކޮށް، ކޮންސްޓްރަކްޝަންއަށް ބޭނުންވާ މުދާ (ސިމެންތި، ހޮޅި، ދަނގަޑު ފަދަ ތަކެތި) މުޅި އަތޮޅަށް ވިއްކުމަށް ވިޔަފާރިއެއް ފެށުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ. އަދި ވިޔަފާރީގެ ކަންކަމަށް ލަފާދޭނެ މީހަކު އައްޔާންކޮށްގެން މިކަން ވީހާވެސް އަވަހަކަށް މަސައްކަތް ފެއްޓުމަށް ނިންމާފައިވެއެވެ.