ކައުންސިލްގެ 4ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 35 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ޖަލްސާ ބޭއްވިތަން:  ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     26 ސެޕްޓެމްބަރ 2022

ޖަލްސާ ފެށި ގަޑ:       11:00 

ޖަލްސާ ނިމުނު ގަޑި:     12:00

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ސްކޫލުން އެދިފައިވާ ގޮތަށް އެތްލެޓިކްސް ޕްރެކްޓިސް ކުރުމަށް މީހަކު ގެނައުމަށް ދަތުރު ހަމަޖެއްސުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ސްކޫލުން އެދިފައިވާ ގޮތަށް އެތްލެޓިކްސް ޕްރެކްޓިސް ކުރުމަށް މީހަކު ގެނައުމަށް ދަތުރު ހަމަޖެއްސުމާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން ސްކޫލުން އެތްލެޓިކްސް ޕްރެކްޓިސް ކުރުމަށް ގެންނަ މީހަކަށް ދަތުރުގެ ޚަރަދު ކައުންސިލްގެ ބަޖެޓުން ދިނުމަށް ހުރިހާ މެމްބަރުންވެސް ތާޢިދުކޮށް ނިންމާފައިވެއެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 3

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންއަހަރު ފާހަގަކުރުމަށް ބޭއްވޭ ހާއްސަ ޙަފްލާގައި ކައުންސިލް ރައީސް އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާއަށް ދަޢުވަތު އެރުވިފައިވާތީވެ އެދަތުރުކުރުމަށް ދަތުރުގެ އެލެވެންސް ކުރިން ހަމަޖެއްސުން. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންއަހަރު ފާހަގަކުރުމަށް ބޭއްވޭ ހާއްސަ ޙަފްލާގައި ކައުންސިލް ރައީސް އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާއަށް ދަޢުވަތު އެރުވިފައިވާތީވެ އެދަތުރުކުރުމަށް ދަތުރުގެ އެލެވެންސް ކުރިން ހަމަޖެއްސުމަށް  މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 4

ކައުންސިލްގެ ފަރާތުން، ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކާއި ބައްދަލުކުރުމަށް މާލެއަށް ރަސްމީ ދަތުރެއް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއްނިންމުން

ކައުންސިލްގެ ފަރާތުން ރަށުގެ ތަރައްޤިއަށް ރާވާފައިވާ އެކި ކަންތައްތަކުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކުރުމާއ އަދި ބޭނުންވާ އެހިތެރިކަށް ހޯދުމަށް ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އެކި ކުންފުނިތަކާއި ބައްދަލުކުރުމަށް 7 ދުވަހުގެ ރަސްމީ ދަތުރެއް މާލެއަށް ކުރުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ. އަދި މިދަތުރުގައި ކައުންސިލްގެ ހުރިހާ މެންބަރުންނާއި، އތމ ކޮމިޓީގެ ރައީސާ އަދި އިދާރީގޮތުން އިސް މުވައްޒަފެއް ބައިވެރިކުރުމަށް ނިންމުނެވެ.

ޖަލްސާގައި ބައިވެރިވި ފަރާތްތައް

ނަން

  1. ޠާރިޤް ޢަފީފް

  1. އިބްރާހީމް ޙުސައިން

  1. އައްބާސާ މުޙައްމަދު

  1. ސިމާޙް އިބްރާހީމް

26 ސެޕްޓެމްބަރ 2022