ކައުންސިލްގެ 4ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 36 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ޖަލްސާ ބޭއްވިތަން:  ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     05 އޮކްޓޯބަރ 2022

ޖަލްސާ ފެށި ގަޑ:       11:00 

ޖަލްސާ ނިމުނު ގަޑި:     11:30

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ޕާކިސްތާނަށް އެހީތެރިވެދިނުމަށް ފަންޑު ފޮށި ބެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ޕާކިސްތާނަށް އެހީތެރިވެދިނުމުގެ ގޮތުން ފަންޑު ފޮށްޓެއް ބެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކޮށް ފަންޑު ފޮށި ބެހެއްޓުމަށް ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

 އެޖެންޑާ އައިޓަމް 3

ކުނިމެނޭޖްކުރުމާއި ބ .އަތޮޅަށް ދަތުރުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ބ. އަތޮޅަކީ ރަނގަޅަށް ކުނި މެނޭޖްކުރާ ރަށްތަކެއް ހިމެނޭ އަތޮޅަކަށްވާތީ، ބ.އަތޮޅަށް ކުނިމެނޭޖްކުރުމާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ކައުންސިލްގެ މެމްބަރުން ދަތުރުކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް ބ. އަތޮޅަށް ދަތުރެއްކުރުމަށް ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

05 އޮކްޓޫބަރ 2022

 ޖަލްސާގައި ބައިވެރިވި ފަރާތްތައް

  1. ޠާރިޤް ޢަފީފް

  1. އިބްރާހީމް ޙުސައިން

  1. އައްބާސާ މުޙައްމަދު

  1. ސިމާޙް އިބްރާހީމް