ކައުންސިލްގެ 4ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 40 ވަނަ އާންމު ބައްދަލުވުމުން ނިންމި ކަންތައްތައް

ޖަލްސާ ބޭއްވިތަން:  ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     02 ނޮވެމްބަރ 2022

ޖަލްސާ ފެށި ގަޑ:       12:00 

ޖަލްސާ ނިމުނު ގަޑި:     13:00

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 39 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 39 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

 

އެޖެންޑާ އައިޓަމް 3

ވެލްކަމް މޮނިއުމަންޓް ހެދުމަށް އިޢުލާން ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ވެލްކަމް މޮނިއުމަންޓް ހެދުމަށް އިޢުލާން ކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން މޮނިއުމެންޓް ހެދުމަށް މިހާރު ހަދާފައިވާ ޑިޒައިނާއި އެއްގޮތަށް މަސައްކަތް އަވަހަށް ފެއްޓުމަށް އިޢުލާންކުރުމަށް މަޝްވަރާކުރެވުނެވެ. ހަމައެހެންމެ ލޯގޯ ރަމްޒުވާގޮތަށް މޮނިއުމެންޓް ހެދުމާއި އަދި ލޯގޯއާއި އެއްގޮތަށް މޮނިއުމެންޓް ހެދުމުން މޮނިއުމެންޓް ހެދުމަށް ދާ ޚަރަދު ވީހާވެސް ކުޑަވެގެންދާނެކަމަށް މަޝްވަރާގައި ވާހަކަ ދެކެވުނެވެ. އަދި ވީހާވެސް އަވަހަށް މޮނިއުމެންޓް ހެދުމުގެ މަސައްކަތް ފެއްޓުމަށް މަޝްވަރާކުރެވުނެވެ. އެގޮތުން މަޝްވަރާއިން ނިންމާފައިވަނީ ޑިޒައިންކޮށްފައިވާ ލޯގޯއާއި އެއްގޮތަށް ވެލްކަމް މޮނިއުމެންޓް ހެދުމަށް އިއުލާން ކުރުމަށެވެ.    

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 4

ވެއްޓިފައިވާ ނެރުބައްތި ހެދުމަށް އިޢުލާން ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ވެއްޓިފައިވާ ނެރުބައްތި ހެދުމަށް އިޢުލާން ކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން ވެއްޓިފައިވާ ނެރުބައްތި ހެދުމަށް އިއުލާންކޮށްގެން ވީހާވެސް އަވަހަށް މަސައްކަތް ކުރަން ފެއްޓުމަށް އަދި މަސައްކަތް ވީހާވެސް އަވަހަށް އަދި ރަގަނޅު ފެންވަރެއްގައި މަސައްކަތްކޮށް ނިންމުމަށް ހުރިހާ މެމްބަރުންވެސް ތާޢިދުކޮށްފައިވެއެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 5

މިހާތަނަށް ޖަލްސާ އިން ނިންމާފައި ނުނިމިހުރި ކަންތައްތަކުގެ ލިސްޓެއް ތައްޔާރުކޮށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއިމެދު ގޮތެއް ނިންމުން.

މިހާތަނަށް ޖަލްސާއިން ނިންމާފައި ހުރިކަންތައްތަކުގެ ތެރެއިން ނުނިމިހުރި ކަންތައްތަކުގެ ލިސްޓެއް ތައްޔާރުކޮށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއިމެދު ގޮތެއް ނިންމުމަށް މަޝްވަރާކުރެވުނުވެ. އެގޮތުން މަޝްވަރާގައި ނިންމާފައިވަނީ ނުނިމި ހުރި މަސައްކަތްތަށް ނިންމުމަށް އަލުން ޖަލްސާއަކަށް ލައިގެން ނިންމުމަށެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 6

މައިލޯ ނޭޝަނަލް ގްރޭންޑް ޕްރިޒްއަށް އަދި ޤުރުޢާން މުބާރާތަށް ހޮވިފައިވާ ދަރިވަރުންނަށް އެލަވަންސެއް ހަމަޖައްސައިދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މައިލޯ ނޭޝަނަލް ގްރޭންޑް ޕްރިޒްއަށް އަދި ޤުރުޢާން މުބާރާތަށް ހޮވިފައިވާ ދަރިވަރުންނަށް އެލަވަންސެއް ހަމަޖައްސައިދިނުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން 4 ވަނަ މައިލޯ ނޭޝަނަލް ގްރޭންޑް ޕްރިޒް އަށް ހޮވިފައިވާ ދަރިވަރަށް ކައުންސިލް ބަޖެޓްއިން ދަތުރުގެ ޚަރަދު ދިނުމަށް ސްކޫލުން ރަސްމީކޮށް އެދުމުން ހަމަޖައްސައި ދިނުމަށް މަޝްވަރާކުރެވުނެވެ. އަދި ޤައުމީ ޤުރްއާން މުބާރާތަށް ހޮވިފައިވާ ދަރިވަރުންނަށްވެސް ދަތުރުގެ އެލެވެންސް ދިނުމާއި ގުޅޭގޮތުން ހުރިހާ މެމްބަރުން ވަނީ ތާޢިދުކޮށްފައިވެއެވެ. އެގޮތުން ޖަލްސާއިން ނިންމާފައިވަނީ މައިލޯ ނޭޝަނަލް ގްރޭންޑް ޕްރިޒްއަށް އަދި ޤުރުޢާން މުބާރާތަށް ހޮވިފައިވާ ދަރިވަރުންނަށް ދަތުރުގެ ދެކޮޅު ޓިކެޓް ކައުންސިލުން ހަމަޖައްސައި ދިނުމަށެވެ. 

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 7

ކުޑަކުދިންގެ ޕާރކް ޑިޒައިންކޮށް އަދި ޕާކް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުމާއިމެދު މަޝްވަރާކުރުން.

ކުޑަކުދިންގެ ޕާރކް ޑިޒައިންކޮށް އަދި ޕާކް ހަދައިދޭނެ ފަރާތެއް ހޯދުމަށް  އިޢުލާންކުރުމާއިމެދު ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން މަޝްވަރާގައި ވާހަކަ ދެއްކިފައިވަނީ މިހާރު ހަދަން ފަށާފައިވާ ޕާރކްގެ ކުރެހުމާއި އެއްގޮތަށް ޕާރކްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަކެތި ހޯދުމަށް އިޢުލާންކޮށްގެން އަވަހަށް މަސައްކަތް ނިންމުމަށެވެ. އަދި މި މަޝްވަރާގައި ކައުންސިލްގެ ރައީސް ހުށަހަޅާފައިވަނީ އާ ޕާރކެއް އަލުން ޑިޒައިން ކޮށްގެން އަލުން ޕާރކް އެޅުމަށް އިއުލާން ކުރުމަށެވެ. އަދި ހަމައެގޮތަށް ޑިޒައިންއަށް ބަދަލުގެންނަން ފެންނަކަމުގައި ނައިބުރައީސް އިބްރާހިމް ފާހަގަކޮށްފައިވެއެވެ. އެގޮތުން ހުރިހާ މެމްބރުންގެ މަޝްވަރާގެ މަތިން ނިންމާފައިވަނީ ކުޑަކުދިންގެ ޕާރކް އެޅުމަށް މިހާރު ހަދަން ފަށާފައިވާ ޕާރކްގެ ކުރެހުމާއި އެއްގޮތަށް ޕާރކްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިޢުލާންކުރުމަށެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 8

އެވޯޑް ނައިޓަށް ތައްޔާރު ވުމަށް ކޮމެޓީ އެއް އައްޔަށްކޮށް އެވޯޑް ތައްޔާރުކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

އެވޯޑް ނައިޓަށް ތައްޔާރު ވުމަށް ކޮމެޓީ އެއް އައްޔަށްކޮށް އެވޯޑް ތައްޔާރުކުރުމާއިމެދު ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން މަޝްވަރާ ކުރެވިފަވަނީ ކައުންސިލްގެ އަހަރީ ދުވަހާ ދިމާކޮށް އެވޯޑް ނައިޓް ބޭއްވުމަށެވެ. އެގޮތުން ކޮމެޓީގެ ރައީސާ އަކަށް މެމްބަރު އައްބާސާ އިންނެވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންހެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އަދި ހަމައެހެންމެ ކޮމެޓީގެ މެމްބަރުންގެ ގޮތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އެކަކު އަދި ކައުންސިލް އިދާރީ މުވައްޒަފުންގެ ތެރެއިން އެކަކު އަދި ރަށުތެރެއިން އެކަކު ހިމެނުމަށް ވަނީ ނިންމާފައެވެ. އަދި މިކަމަށް ވަކި ބަޖެޓެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 9

ކައުންސިލްގެ އިދާރާ މަރާމާތު ކުރުމާއި ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރިޔަން ގެންދިއުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

ކައުންސިލްގެ އިދާރާ މަރާމާތު ކުރުމާއި ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރިޔަން ގެންދިއުމާއިމެދު ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އިއުލާންކޮށްގެން ވީހާވެސް އަވަހަށް މަސައްކަތް ފެއްޓުމަށް ހުރިހާ މެމްބަރުންވެސް ތާޢިދުކުރައްވާފައިވެއެވެ. 

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

ބައިވެރިވި ފަރާތްތައް

ނަން

  1. ޠާރިޤް ޢަފީފް

  1. އިބްރާހިމް ޙުސައިން

  1. އައްބާސާ މުޙައްމަދު

  1. ސިމާޙް އިބްރާހީމް

02 ނޮވެމްބަރ 2022