ކައުންސިލްގެ 4ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 41 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ޖަލްސާ ބޭއްވިތަން: ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ޖަލްސާ ބޭއްވި ތާރީޚް 09 ނޮވެމްބަރ 2022

ޖަލްސާ ފެށި ގަޑ: 11:30

ޖަލްސާ ނިމުނު ގަޑި: 12:30

ޖަލްސާ މެދުކަނޑާލެވުނު: -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 40 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 40 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

އެޖެންޑާ އައިޓަމް 3

ކައުންސިލް ނަމުގައި ޕިކަޕެއް ގަތުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލްގެ ރައީސް: 2 ޓަނުގެ ޕިކަޕެއް ގަތުމަށް އިއުލާންކުރުމަށް ހުށަހެޅުއްވިއެވެ.

ނައިބުރައިސް އިބްރާހިމް: މީގެ ކުރިންވެސް ޕިކަޕެއް ގަތުމަށް 3 ފަހަރު މަތިން އިއުލާންކޮށް ބާތިލްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މިނިސްޓްރީއިން އެހީ ލިބުނީމަ އިއުލާންކުރުމަށް ފެންނަކަމަށް ހުށަހެޅުއްވިއެވެ.

މެމްބަރު އައްބާސާ: 2 ޓަނުގެ ޕިކަޕެއް ގަތުމަށް އިއުލާންކުރުމަށް ތާޢިދު ކުރައްވާފައިވެއެވެ.

މެމްބަރު ސިމާހު: 2 ޓަނުގެ ޕިކަޕެއް ގަތުމަށް އިއުލާންކުރުމަށް ތާޢިދު ކުރައްވާފައިވެއެވެ.

ކައުންސިލް ނަމުގައި ޕިކަޕެއް ގަތުމާއި ބެހޭގޮތުން މެމްބަރުންގެ މެދުގައި މަޝްވަރާކޮށް ނިންމާފައިވަނީ 2 ޓަނުގެ ޕަވަރ ގޭޓެއް ކުރިންވެސް އިއުލާންކުރިގޮތަށް އިއުލާންކުރުމަށެވެ.

• ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

• ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

• ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

• ވޯޓްގައި ބައިވެރިނުވާ :( )

އެޖެންޑާ އައިޓަމް 4

ވާރޭ ވެހި ފެންގަޑު ހެދިފައިވާ މަގުތަކަށް ފަސް އަޅާ ލެވެލްކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މެމްބަރު އައްބާސާ: ވާރޭ ވެހި ފެންގަޑު ހެދިފައިވާ މަގުތަކަށް ފަސް އަޅާ ލެވެލްކުރުމަށް ހުށަހެޅުއްވިއެވެ.

ނައިބު ރައީސް އިބްރާހިމް: މި ހަރަކާތުގައި ޒުވާނުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ހުށަހެޅުއްވިއެވެ.

މެމްބަރު ސިމާހު: ޕިކަޕް ބޭނުންކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއު ފެންނަކަމަށް ހުށަހެޅުއްވިއެވެ.

ރައީސް ތޯރިޤު: 12 ނޮވެމްބަރ 2022 ވާ ހޮނިހިރު ދުވަހު މަސައްކަތް ފެއްޓުމަށް އަދި ޕްލޭން ބީ އެއްގެ ގޮތުގައި ބަޔަކާއި ހަވާލުކޮށްގެން މަސައްކަތް ކުރުމަށް ހުށަހެޅުން. އިދާރީ މުވައްޒަފުންގެ އެހީތެރިކަމާއިއެކު ހެދުނު ސައި އަދި ހަވީރު ސައި ހެދުމަށް ނިންމާފައިވެއެވެ.

• ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

• ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

• ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

• ވޯޓްގައި ބައިވެރިނުވާ :( )

އެޖެންޑާ އައިޓަމް 5

ކައުންސިލްނަމުގައި ބަޔަކާއި ގުޅިގެން ގެސްޓްހައުސް ވިޔަފާރިއެއް ފެއްޓުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލްނަމުގައި ބަޔާކާއި ގުޅިގެން ގެސްޓްހައުސް ވިޔަފާރިއެއް ފެއްޓުމާއިމެދު މަޝްވަރާކުރުމަށް ނައިބު ރައީސް އިބްރާހިމް ވަނީ ހުށަހަޅާފައެވެ. އެގޮތުން ޓުވަރިޒަމް ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި 16 ކޮޓަރީގެ ގެސްޓް ހައުސް އެއް އެޅުމަށް ބަޔަކާއެކު މަޝްވަރާކުރުމަށް އަދި ގެސްޓް ހައުސް އަޅާ ބަޔަކު އިންވެސްޓްމެންޓް ކުރާގޮތަށް ހުށަހަޅާފައިވެއެވެ. ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ވަނީ ކައުންސިލްނަމުގައި ބަޔަކާއި ގުޅިގެން ގެސްޓްހައުސް ވިޔަފާރިއެއް ފެއްޓުމަށް ތާޢިދުކޮށްފައެވެ.

• ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

• ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

• ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

• ވޯޓްގައި ބައިވެރިނުވާ :( )

އެޖެންޑާ އައިޓަމް 6

ފުޓްސަލް ދަނޑު ހޯދުމަށް ސްކޫލުން ފޮނުވައިފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ފުޓްސަލް ދަނޑު ހޯދުމަށް ސްކޫލުން ފޮނުވައިފައިވާ ސިޓީއާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން ސްކޫލުން ފޮނުވާފައިވާ ސިޓީއާއި އެއްގޮތަށް ސްކޫލް އިންޓަރހައުސް މުބާރާތް އޮންނަ މުއްދަތުގައި ފުޓްސަލް ދަނޑު ލިބޭނެކަމަށް ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައިވެއެވެ. އަދި ޒުވާނުންނަށްވެސް ފުޓްސަލް ދަނޑު ބޭނުންކުރެވޭނެ ގޮތަށް ބަހާލައިގެން ހުކުރު ހޮނިހިރު ދެ ދުވަހު ފަތިހުގަވެސް ސްކޫލް ދަރިވަރުންނަށް ދަނޑު ބޭނުން ކުރެވޭނެއެވެ. އަދި ހަމައެގޮތަށް ދަނޑު ބޭނުންކުރުމުގައި ދަނޑު ސާފުކޮށް ބޭއްވުމަށް އިސްކަންދިނުމަށް އިލްތިމާސް ކުރުމަށް މެމްބަރު އައްބާސާ ވަނީ ހުށަހަޅާފައެވެ.

• ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

• ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

• ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

• ވޯޓްގައި ބައިވެރިނުވާ :( )

އެޖެންޑާ އައިޓަމް 7

ވޯރޓާ ޕާރކް އެޅުމާއިމެދު މަޝްވަރާކުރުން.

ވޯރޓާ ޕާރކް އެޅުމާއިމެދު ވަނީ މަޝްވަރާކުރެވިފައެވެ. ވޯރޓަރ ޕާރކް އެޅުމަށް އެންމެ އެކަށީގެންވަނީ އޮއިބާރު ނުވާ އަދި ވައި ޖެހުނަސް ކަނޑައިގެން ނުދާނެ ފަދަތަނެއްގައި ކަމަށް މަޝްވަރާގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ބަޖެޓް ކޮށްފައި އިން ވޯރޓަރ ޕާރކް އެޅުމަށް ކޯރު ސަރަޙައްދު ރަނގަޅުކަމަށް ޖަލްސާގެ ބައިވެރިވި ހުރިހާ މެމްބަރުންވެސް ތާޢިދުކޮށްފައިވެއެވެ. އަދި ހަމައެގޮތަށް ވޯރޓަރ ޕާރކާއެކީ މޫދަށް އެރޭ ސަރަޙައްދު ތަރައްޤީ ކުރުމަށްވެސް ނިންމާފައިވެއެވެ. އެގޮތުން މޫދަށް އެރޭ ސަރަހައްދުގައި މަރިޔާދުގެއެއް އަޅުމަށް ބޭނުންވާ ސާމާނު ހޯދުމަށް ނިންމާފައިވެއެވެ.

• ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

• ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

• ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

• ވޯޓްގައި ބައިވެރިނުވާ :( )

އެޖެންޑާ އައިޓަމް 8

ކޯރު ސަރަހައްދު ހިމާޔަތް ކުރުމަށް ޤަވާއިދެއް ހަދައި ނަންބޯޑު ޖެހުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކޯރު ސަރަހައްދު ހިމާޔަތް ކުރުމަށް ޤަވާއިދެއް ހަދައި ނަންބޯޑު ޖެހުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް މެމްބަރު އައްބާސާ ވަނީ ހުށަހަޅާފައެވެ. އެގޮތުން ކޯރު ރީތިކޮށް ބޭއްވުމަށް ކޯރަށް ކުނި އެޅުން މަނާކޮށް އަދި ކޯރަށް އައިސް އުޅޭ ދޫނިތައް ހިފުން މަނާކޮށް ބޯރޑް ހަރުކުރުމަށް ނިންމާފައިވެއެވެ. އަދި ހަމައެގޮތަށް މިހާރު ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ކުނި އެޅުން މަނާ އަދި ހޭޅިފަށުން ވެލިނެގުން މަނާ ފަދަ ބޯރޑްތައް ރަށުގެ އެކި ހިސާބުތަކުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ.

• ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

• ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

• ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

• ވޯޓްގައި ބައިވެރިނުވާ :( )

އެޖެންޑާ އައިޓަމް 9

ގައްދޫ ކައުންސިލުން އިއްތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި ކައުންސިލް ނަމުގައި ފުޓްސަލް ޓީމް ބައިވެރިކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

ގައްދޫ ކައުންސިލުން އިއްތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި ކައުންސިލް ނަމުގައި ފުޓްސަލް ޓީމް ބައިވެރިކުރުމާއި އަދި މި މުބާރާތުގައި ޓީމަށް ހިންގާނެ އެންމެހާ ޙަރަދުތައް ކައުންސިލްގެ ބަޖެޓުން ކުރުމާއިމެދު ޖަލްސާގައި ބައިވެރިވި ހުރީހާ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. އަދި މި ޙަރަދުތައް ކުރުމަށް ކުޅިވަރު ބަޖެޓް ކޯޑުގައި ފައިސާ ނެތްނަމަ ފައިސާ ހުރި އެހެން ކޯޑަކުން ކުޅިވަރުގެ ބަޖެޓް ކޯޑަށް ފައިސާ ލުމާއިމެދު ހުރިހާ މެމްބަރުން ވަނީ ތާޢިދުކޮށްފައެވެ.

އަދި ހަމައެޔާއެކު ފުޓްސަލް ދަނޑު ސާފުކުރުމުގެ މަސައްކަތް ޒުވާނުންނާއި ހަވާލުކުރުމަށް މެމްބަރު ސިމާހު ވަނީ ހުށަހަޅާފައިވެއެވެ. އެގޮތުން މި ކަމަކީ ޒުވާނުންނަށް އާމްދަނީ ލިބޭނެ ވަސީލަތަކަށް ވެގެންދާނެކަމެއްކަން ވަނީ ފާހަގަކޮށްފައިވެއެވެ. އެގޮތުން ހުރިހާ މެމްބަރުން ތާޢިދުކޮށްފައިވަނީ ކުޅިވަރު ސަރަޙައްދު އެއްކޮށް ސާފް ކުރުމަށް ޒުވާނުންނަށް ވަކި އުސޫލެއްގެ ދަށުން ދިނުމަށެވެ.

• ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

• ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

• ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

• ވޯޓްގައި ބައިވެރިނުވާ :( )

އެޖެންޑާ އައިޓަމް 10

ފުޓްސަލްދަނޑުގައި އިތުރު ގޭޓެއް ހެދުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ފުޓްސަލްދަނޑުގައި އިތުރު ގޭޓެއް ހެދުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންވެސް ވަނީ ތާޢިދުކޮށްފައެވެ.

• ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

• ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

• ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

• ވޯޓްގައި ބައިވެރިނުވާ :( )

ބައިވެރިވި ފަރާތްތަކުގެ ނަން

ތާރިޤު އަފީފު

އިބްރާހިމް ޙުސައިން

އައްބާސާ މުޙައްމަދު

ސިމާޙް އިބްރާހިމް

09 ނޮވެމްބަރ 2022