ކައުންސިލްގެ 4ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 42 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ޖަލްސާ ބޭއްވިތަން:  ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     17 ނޮވެމްބަރ 2022

ޖަލްސާ ފެށި ގަޑ:       09:30

ޖަލްސާ ނިމުނު ގަޑި:    10:30

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 41 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 41 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

އެޖެންޑާ އައިޓަމް 3

ޤަބުރުސްތާނު ސާފުކުރުމަށް މަސައްކަތް އިޢުލާން ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ޤަބުރުސްތާނު ސާފުކުރުމަށް މަސައްކަތް އިޢުލާން ކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން ޤަބުރުސްތާނު ސާފުކުރުމަށް ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ޑިސެމްބަރ އަށް ހަމަވާތީ އަލުން އިއުލާންކޮށް މީހަކު ހޮވުމަށް މަޝްވަރާގައި ވާހަކަ ދެކެވުނެއެވެ. އަދި އެގްރީމެންޓް ހަދާ އިރު ސަހަރާގެ ވަށައިގެން އޮންނަ މަގު ސާފުކުރުމަށް މަސައްކަތް ހަވާލުވާފަރާތާ ހަވާލުކުރުމަށް ވެސް ނިންމާފައިވެއެވެ. އަދި ހަމައެގޮތަށް ކުރިން ސަހަރާ ސާފުކޮށް ބެލެހެއްޓި ފަރާތައް އިސްކަން ދިނުމަށް ޖަލްސާގެ ބައިވެރިވި ހުރިހާ މެމްބަރުން ތާޢިދު ކުރަށްވާފައިވެއެވެ. 

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 4

ބޯޓުކައިރި ކުރާ ސަރަޙައްދުގައި ތިބި ޑިންގީ ފަހަރުތައް ނެގުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ބޯޓުކައިރި ކުރާ ސަރަޙައްދުގައި ތިބި ޑިންގީ ފަހަރުތައް ނެގުމާއި ބެހޭގޮތުން މެމްބަރުންގެ މެދުގައި މަޝްވަރާކުރެވިފައި ވަނީ ޑިންގީ އަޅަން ވަކި ސަރަހައްދެއް ކަނޑައަޅައި ބޯޓު ފަހަރު ކައިރި ކުރާ ސަރަހައްދަށް ޑިންގި އެޅުން މަނާކުރުމަށެވެ. އެގޮތުން ޑިންގި އެޅުން މަނާ ސަރަހައްދު ކަނޑައަޅައި އިއުލާންކޮށް އެ ސަރަހައްދުގައި އާންމުންނަށް އިގޭނެހެން ބޯޑު ހަރުކުރުމަށް ނިންމާފައިވެއެވެ. އަދި ހަމައެގޮތަށް ޑިންގީ ފަހަރު އަޅަނެ ވަކި އުސޫލެއް ހަދައި  ބޯޓު ފަހަރު ކައިރިކުރާ ސަރަހައްދަށް އަޅާ ޑިންގީ ފަހަރު ޖޫރިމަނާކުރުމަށްވެސް ވަނީ ނިންމާފައިވެއެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

އެޖެންޑާ އައިޓަމް 5

އެއްވެސް ހުއްދައެއް ނެތި ގެދޮރު ޢިމާރާތް ކުރާ ފަރާތްތަކަށް ޤަވާޢިދާއި އެއްގޮތަށް ޢިމާރާތް ކުރުމަށް އުސޫލެއް ހަދާ އެންގުމާއިމެދު މަޝްވަރާކުރުން.

އެއްވެސް ހުއްދައެއް ނެތި ގެދޮރު ޢިމާރާތް ކުރާ ފަރާތްތަކަށް ޤަވާޢިދާއި އެއްގޮތަށް ޢިމާރާތް ކުރުމަށް އުސޫލެއް ހަދާ އެންގުމާއިމެދު މެމްބަރުންގެ މެދުގައި ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން ގެދޮރޮ އިމާރާތް ކުރާމީހުން މަގުމަތީގައި އެއްޗެހި ބެހެއްޓުމާއި ކުރެހުން ހުށަނާޅާ އިމާރާތް ކުރުމާއި ބޯޑު ނުބަހައްޓާ މަސައްކަތްކުރުން ފަދަ ކަންކަން އަންމުވަމުންދާތީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންތާޢިދު ކޮށްފައިވެއެވެ. އެގޮތުން ވީހާވެސް ބޮޑަށް ރައްޔިތުން މިކަންތައްތަކަށް ހޭލުންތެރިކުރުމަށް ނިންމާފައިވެއެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·         ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 6

އަންހެނުން ވޮލީ މެޗެއް ކުޅެން މާމެންދޫއަށް ދިއުމަށް ދަތުރު ހަމަޖެއްސުމާއި ބެހޭގޮތުން ގޮތެއް ނިންމުން.

އަންހެނުން ވޮލީ މެޗެއް ކުޅެން މާމެންދޫއަށް ދިއުމަށް ދަތުރު ޙަރަދު ހަމަޖެއްސުމާއި ބެހޭގޮތުން މަޝްވަރާކޮށް ޖަލްސާގައި ބައިވެރިވި 4 މެމްބަރުންގެ ތެރެއިން 3 މެމްބަރުން ވަނީ ދަތުރު ޙަރަދު ހަމަޖެއްސުމަށް ތާޢިދުކޮށް ނިންމާފައެވެ.  

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·         ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން)

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 7

ހޭންޑް ބޯޅަ މުބާރާތް ނިމެންދެން އަންހެނުންނަށް ފުޓްސަލް ދަނޑުގައި ކުޅެވޭނެ ގޮތެއް ހެދުމާއިމެދު ގޮތެއް ނިންމުން.

ހޭންޑް ބޯޅަ މުބާރާތް ނިމެންދެން އަންހެނުންނަށް ފުޓްސަލް ދަނޑުގައި ކުޅެވޭނެ ގޮތެއް ހެދުމާއިމެދު ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ދަނޑުގައި ކުޅެވޭނެގޮތަށް ދަނޑުގައި ލައިޓް ޖެހުމަށް ނިންމާފައިވެއެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 8

މިހާތަނަށް ޖަލްސާއިން ފާސް ކޮށްފައިވާ މަސައްކަތްތަކަށް ބަޖެޓް ފާސްކުރުން.

2022 ވަނަ އަހަރު ހިންގުމަށް ނިންމާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ޕާކް، މޮނިއުމެންޓް ގަރާޖް އަދި މީގެ އިތުރުން ކުނިމެނޭޖް ކުރުމަށް ހޯދަން ހަމަޖެހިފައިވާ ޕިކަޕް ގަތުމަށް 2022 ވަނަ އަހަރު ފާސްކޮށްފައިވާ ބަޖެޓުތެރެއިން މި ޚަރަދުތައް ކުރެވިދާނެކަމަށް ނުފެންނާތީވެ، މިކަމާއިމެދު މަޝްވަރާކޮށް ނިންމާފައިވަނީ ތިރީގައި މިދަންނަވާގޮތަށް މިޕޮރޮޖެކްޓްތަކަށް ބަޖެޓް ކުރުމަށެވެ.

 

މޮނިއުމެންޓް ހެދުމަށް 60,000 ރުފިޔާ ބަޖެޓް ފާސް ކުރުމަށް ޖަލްސާގައި ބައިވެރިވި 4 މެމްބަރުންގެ ތެރެއިން 3 މެމްބަރުން ވަނީ ތާޢިދު ކޮށްފައެވެ.

ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރު އައްބާސާ މުޙައްމަދު)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމު )

·          ވޯޓްގައި ބައިވެރިނުވާ :( )

 

ގަރާޖް ހެދުމަށް 100،000 ރުފިޔާ، ބަޖެޓް ފާސް ކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ތާޢިދުކޮށްފައެވެ.

ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

ކުޑަކުދިންގެ ޕާރކް އެޅުމަށް 200،000 ރުފިޔާ، ބަޖެޓް ފާސް ކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ތާޢިދުކޮށްފައެވެ.

ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

ޕިކަޕް ގަތުމަށް 500،000 ރުފިޔާގެ ބަޖެޓް ފާސް ކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ތާޢިދުކޮށްފައެވެ.

ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރަހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

ބައިވެރިވި ފަރާތްތަކުގެ ނަން

ތޯރިޤު އަފީފު

އިބްރާހިމް ޙުސައިން

އައްބާސާ މުޙައްމަދު

ސިމާޙް އިބްރާހިމް

17 ނޮވެމްބަރ 2022