ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 03 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ޖަލްސާ ބޭއްވިތަން:  ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     19 ޖަނަވަރީ 2023

ޖަލްސާ ފެށި ގަޑ:       09:00

ޖަލްސާ ނިމުނު ގަޑި:    10:00

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނރައީސް އިބްރާހިމް ޙުސައިން )

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ނ.ރައީސް އިބްރާހިމް ޙުސައިން )

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 02 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 02 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ނ.ރައީސް އިބްރާހިމް ޙުސައިން )

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 3

ސަރުކާރުގެ މުއައްސަސާތަކާއި ބައްދަލުކުރުމަށް މުއައްސަސާތަކަށް ސިޓީ ފޮނުވުމާއި މެދު މަޝްވަރާކުރުން.

ކައުންސިލް އިތުރަށް ހަރާދުނާ ކުރުމާއި ކައުންސިލުން ކުރުމަށް ރާވައިފައިވާ ކަންކަމަށް ސްޕޮންސަރ ހޯދުމުގެގޮތުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި އެކީ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ރަސްމީ ދަތުރެއްގައި މާލެ ދިއުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން އެސްޓިއޯ، ވިލާ، އުރީދޫ، ދިރާގު، އެމް ޑަބްލިއު އެސްސީ، ސްޓެލްކޯ، ފެނަކަ،ޖުޑިޝަރީ އަދި މިނިސްޓްރީތަކުން އެޕޮއިންމެންޓް ހަމަޖެއްސުމަށް ސިޓީ ފޮނުވުމަށް ވަނީ ނިންމާފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ނ.ރައީސް އިބްރާހިމް ޙުސައިން )

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 4

މި އަހަރު އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތާއި ގުޅިގެން ސްކޫލުން ފޮނުވައިފައިވާ ސިޓީއާއި މެދު ގޮތެއް ނިންމުމަށް މަޝްވަރާކުރުން.

ޏ.ފުވައްމުލަކުގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތާއި ގުޅިގެން ސްކޫލުން ފޮނުވައިފައިވާ ސިޓީގައި މުބާރާތަށް ބޭނުންވާ ޙަރަދުގެ ތަފްސީލެއް ނެތުމުން، އިތުރު ތަފްސީލު ހޯދުމަށް ސްކޫލަށް ސިޓީ ފޮނުވުމަށް ވަނީ ނިންމާފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ނ.ރައީސް އިބްރާހިމް ޙުސައިން )

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 5

ގޯލްޑެން ފުޓްސެލް މުބާރާތަށް ބަޖެޓެއް ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ގޯލްޑެން ފުޓްސެލް މުބާރާތަށް 1550 ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމާއި މެދު ޖަލްސަގައި ބައިވެރިވި ހުރިހާ މެމްބަރުންވަނީ ތާޢިދުކޮށްފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ނ.ރައީސް އިބްރާހިމް ޙުސައިން )

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :( ) 

ބައިވެރިވި ފަރާތްތައްކުގެ ނަން

އިބްރާހިމް ޙުސައިން

އައްބާސާ މުޙައްމަދު

ސިމާޙް އިބްރާހިމް


19 ޖަނަވަރީ 2023