ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 04 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ޖަލްސާ ބޭއްވިތަން:  ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     26 ޖަނަވަރީ 2023

ޖަލްސާ ފެށި ގަޑ:       10:30

ޖަލްސާ ނިމުނު ގަޑި:    11:00

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތޯރިޤު އަފީފު )

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :( ) 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 03 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 03 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 3

ސެކެޓްރީ ޖެނެރަލް ވަޒީފާއިން ވީއްލުމާއި ބެހޭގޮތުން ސިވިލްސާރވިސް އިން ފޮނުވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރުން.

ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ތަޢީދާއެއްކޮށް ނިންމާފައިވަނީ މިހާރު އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަޤާމު ފުރައްވަމުންގެންދަވާ އަޞްފާޙު ޙަސަން އާއި ވަގުތީގޮތުން ސެކެޓްރީ ޖެނެރަލް ވަޒީފާގެ މައްސޫލިއްޔަތު ހަވާލުކުރެއްވުމަށެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 4

ސުވިޑަންގައި ޤުރްއާން އަންދާލުމާއި ގުޅިގެން ނޫސްބަޔާނެއް ނެރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ސުވިޑަންގައި ޤުރްއާން އަންދާލުމާއި ގުޅިގެން ނޫސްބަޔާނެއް ނެރުމަށް ހުރިހާ މެމްބަރުންގެ ތާޢީދާއެކު ވަނީ ނިންމާފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 5

މިސްކިތުގައި ކުލަ ލުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މިސްކިތުގައި ކުލަ ލުމަށް ވަކި ދުވަހެއް ކަނޑައަޅައި ޒުވާނުންނާއި ގުޅިގެން މި މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުލަލުމަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ތައްޔާރުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 6

އެތްލެޓިކްސް އާއި ގުޅިގެން ސްކޫލްއިން ފޮނުވާފައިވާ ޚަރަދު ލިސްޓާއި މެދު ގޮތެއް ނިންމުން.

މިއަހަރު އެތްލެޓިކްސް ޓިމަށް އެހީއެއްގެ ގޮތުން 30 ކޭސް ގެ ފެން ފޯރުކޮށްދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ތާޢީދާއެކު ވަނީ ނިންމާފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :( ) 

ބައިވެރިވި ފަރާތްތަކުގެ ނަން

ތޯރިޤު އަފީފު

އިބްރާހިމް ހުސައިން

އައްބާސާ މުޙައްމަދު

ސިމާޙު އިބްރާހިމް

26 ޖަނަވަރީ 2023