ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 06 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ޖަލްސާ ބޭއްވިގޮތް:       އޮންލައިން

ޖަލްސާ ބޭއްވި ތާރީޚް     09 ފެބުރުވަރީ 2023

ޖަލްސާ ފެށި ގަޑ:       10:30

ޖަލްސާ ނިމުނު ގަޑި:    11:30

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތޯރިޤު އަފީފު )

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 05 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 05 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ރެހާގަޑާ ސަރަޙައްދު ވިޔަފާރި އުސޫލުން ކުއްޔައް ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ރެހާގަޑާ ސަރަޙައްދު ލޯކަލް ޓުވަރިޒަމްގެ ވިޔަފާރިއަށް ވިޔަފާރި އުސޫލުން ކުއްޔަށް ދިނުމަށް އިޢުލާންކުރަން ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ. 

·         ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·         ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 4

ވިޔަފާރި ބިންތައް ކުއްޔަށް ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކުރިންވެސް އިޢުލާން ކޮށްފައިވާ ގޮތަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ވިޔަފާރި ބިންތައް ކުއްޔަށް ދިނުމަށް އިޢުލާން ކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·         ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 5

ރައްޔިތު ބައްދަލުވުން ބޭއްވުމަށް ތާރީޚެއް ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މިއަހަރު ފެބުރުވަރީ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތު ބައްދަލުވުން 24 ފެބުރުވަރީ ވާ ހުކުރު ދުވަހު ބޭއްވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·         ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 6

ކައުންސިލް ޢިމާރާތައް ކަނޑައަޅައިފައިވާ ބަޖެޓް އިތުރުކުރުމައި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލް އާ ޢިމާރާތް އެޅުމަށް ކަނޑައަޅާފައިވާ 5 ލައްކަ ރުފިޔާ 1 މިލިޔަން ރުފިޔާ އަށް އިތުރުކުރުމަށް ޖަލްސާގެ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންވަނީ ނިންމާފައެވެ. 1 މިލިޔަން ރުފިޔާ ބަޖެޓް ކުރަން ނިންމާފައިވަނީ ކައުންސިލް އާ ޢިމާރާތް ފިނިޝިންނާއެކީ އެއްކޮށް ނިންމުމަށެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·         ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 7

ޤުދުސް ފަންޑަށް އެހީވުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ޤުދުސް ފަންޑަށް އެހީވުމަށްޓަކައި ކައުންސިލަށް ރަސްމީކޮށް އެހީއަށް އެދި ސިޓީ ފޮނުވުމުން އެހީގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

·         ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·         ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :( ) 

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ތޯރިޤު އަފީފު

އިބްރާހިމް ޙުސައިން

ސިމާހު އިބްރާހިމް

އައްބާސާ މުޙައްމަދު

09 ފެބުރުވަރީ 2023