ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 08 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     23 ފެބުރުވަރީ 2023

ޖަލްސާ ފެށި ގަޑ:       10:30

ޖަލްސާ ނިމުނު ގަޑި:    11:00

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތޯރިޤު އަފީފު )

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 07 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 07 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ޒަރީރު ފާރޫޤުއަށް ލިބިފައިވާ ބަންޑާރަ ގޯޗާއި ބެހޭގޮތުން ހުށަހަޅާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ޒަރީރު ފާރޫޤުއަށް ލިބިފައިވާ ގޯތީގައި މިހާރު ނަރުދަމާ ސްޓޭޝަނެއް އަޅާފައިވާތީ ވީހާވެސް އަވަހަކަށް ރަށުގައި ހުސްގޯތި ހުރި ސަރަޙައްދުތައް ބަލައި ޒަރީރު ފާރޫޤުގެ ގޯތީގެ ބަދަލުގައި ގޯޗެއް ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

·    ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·    ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

·     ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·     ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 4

ރަށުގެ ޕިކްނިކް ސަރަޙައްދުގައި ކެފޭއެއް ހެދުމަށް މުސްތަފާ ޙުސައިން ހުށަހަޅާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ރަށުގެ ޕިކްނިކް ސަރަޙައްދުގައި ވިޔަފާރި އުސޫލުން ކުއްޔަށް ދެވޭނެ ބިންތައް ބަލައި އެބިންތައް އާންމުންނަށް ހުޅުވާލައިގެން ވިޔަފާރި އުސޫލުން ކުއްޔަށް ދިނުމަށް އިޢުލާން ކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

·    ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·    ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

·    ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

ވޯޓްގައި ބައިވެރިނުވާ :( )

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ތޯރިޤު އަފީފު

އިބްރާހީމް ހުސައިން

ސިމާޙު އިބްރާހިމް

އައްބާސާ މުޙައްމަދު

23 ފެބުރުވަރީ 2023