ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 09 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     01 މާރިޗު 2023

ޖަލްސާ ފެށި ގަޑ:       11:00

ޖަލްސާ ނިމުނު ގަޑި:    12:00

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތޯރިޤު އަފީފު )

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 08 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 08 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

 އެޖެންޑާ އައިޓަމް 3

ކައުންސިލްގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސުލޫކީ މިންގަނޑު ހިފަހެއްޓުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލް އެސިސްޓެންޓުން ގޮތުގައި ތިބޭ ކުނިކަހާ މުވައްޒަފުންގެ ސްލޫކީ މިންގަޑުގެ މައްސަލަތައް ތަކުރާރުވަމުންދާތީ އެކަން އިދާރީގޮތުން މުވައްޒަފުންނާއި ވާހަކަ ދައްކާއިގެން ހައްލުކުރުމަށް ނަސޭހަތްތެރިވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.

·   ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)

·    ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·    ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 4

އަންހެނުންގެ ދުވަސް ފާހަގަކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަސްރޭހެއް ބޭއްވުމަށާއި އެދުވަހު ހިންގާނެ ޚަރަދުތަކަށް 1500 ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

·    ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)

·    ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·    ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 5

ރައްޔިތު ބައްދަލުވުމަށް ހުށަހެޅިގެންދިޔަ ޕްރީ ސުކޫލަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ޕްރީ ސްކޫލަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިކަން ބެލުމަށް ސްކޫލުގެ އިސްވެރިންނާ މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.

·   ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·    ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)

·    ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :( ) 

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ތޯރިޤު އަފީފު

އިބްރާހީމް ހުސައިން

ސިމާޙު އިބްރާހިމް

އައްބާސާ މުޙައްމަދު

ފާތިމަތު ހުދާ

01 މާރިޗު 2023