ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 10 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ނަންބަރު:  10/2023/04

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     09 މާރިޗު 2023

ޖަލްސާ ފެށި ގަޑ:       11:00

ޖަލްސާ ނިމުނު ގަޑި:    12:00

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތޯރިޤު އަފީފު )

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

  އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 09 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 09 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ރަށުގައި ފެންހުސްވެފައިވާތީ ރޯދަޔަށް ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ރަށުގެ ގިނަ ގެތަކުގައި ފެން ހުސްވެފައިވާތީއާއެކު ރޯދަޔާ ދިމާކޮށް ކުރީ އަހަރުތަކޭ އެއްފަދައިން ރަށުގެ ގޭބިސީތަކަށް ފެން ފޯރުކޮށްދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އެގޮތުން ކޮންމެ ގޭބިސީއަކަށް ގިނަވެގެން 5 ކޭސް ފެންދިނުމަށް ވަނީ ނިންމާފައެވެ.

·    ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·    ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·    ވޯޓްގައި ބައިވެރިނުވާ :( ) 

އެޖެންޑާ އައިޓަމް 4

ކައުންސިލް ސްޓާފް ނައިޓެއް ބޭއްވުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން މަސައްކަތް ތެރިންގެ ދުވަހާއި ދިމާކޮށް 1 މެއި 2023 ދުވަހު ސްޓާފް ނައިޓެއް ބޭއްވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

·   ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·    ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 5

މިސްކިތުގައި ޙަތިމް ބެހެއްޓުމަށް ހަރު ހެދުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މިސްކިތުގައި ޙަތިމް ބެހެއްޓުމަށް ހަރުތަކެއް ހެދުމުގެ މަސައްކަތަށް އާންމު ރައްޔިތުންގެ ފަރާތުން އެހީތެރިކަން ހޯދުމަށް އެކަމުގެ މަޢުލޫމާތު އާންމުންނަށް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އާންމުންގެ އެހީތެރިކަން ނުލިބިޖެ ހާލަތުގައި ކައުންސިލް އިން މި މަސައްކަތް ކުރާގޮތަށް ވަނީ ނިންމާފައެވެ.

·   ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·    ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)

·    ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·    ވޯޓްގައި ބައިވެރިނުވާ :( ) 

 އެޖެންޑާ އައިޓަމް 6

މިހާރު ދޫކޮށްފައި ހުރި ގޯތިތަކަށް މުއްދަތެއް ދިނުމަށްފަހު އަލުން ގޯތި ދޭއިރު އެ ގޯތިތައް ހިމާނާފައި ގޯތި ދިނުމާއި ބެހޭ ގޮތުން މަޝްވަރާކުރުން.

މިހާރު ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ސާފުނުކޮށް، އެއްވެސް މަސައްކަތެއް ނުކޮށް ހުރި ގޯތި ތަކުގެ އިންވަކިކުރުމަށް 3 މަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށާއި އަދި ނޯޓިސްއަށް އަމަލު ނުކުރާ ފަރާތްތަކުގެ ގޯތީތައް ބާޠިލްކުރެވޭނެ ކަމަށް ޖަލްސާގައި ބައިވެރިވި 4 މެމްބަރުންގެ ތެރެއިން 3 މެމްބަރުން ތާޢިދުކޮށް ވަނީ ނިންމާފައެވެ.

·   ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ )

·   ވޯޓްގައި ބައިވެރިނުވާ :( ) 

  އެޖެންޑާ އައިޓަމް 7

ސިޔާސީ ޕާޓީތަކަށް ބިން ކުއްޔަށް ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ސިޔާސީ ޕާޓީތަކަށް ބިން ކުއްޔަށް ދޫކުރުމަށް މީހުން ދިރިއުޅޭ ސަރަޙައްދާއި ވީހާވެސް ދުރު ސަރަޙައްދަކުން ބިން ކަނޑައެޅުމަށާއި ސިޔާސީ ޕާޓީތަކަށް ބިން ކުއްޔައް ދިނުމަށް އިޢުލާން ކުރުމަށް ވަނީ ނިންމާފައެވެ.

·    ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·    ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)

·     ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·    ވޯޓްގައި ބައިވެރިނުވާ :( ) 

 

އެޖެންޑާ އައިޓަމް 8

ރޯދަޔާއި ދިމާކޮށް މާހެފުމެއް ބޭއްވުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ރޯދަޔާއި ދިމާކޮށް ރަށުގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލެވިގެން 17 މާރިޗު ވާ ހުކުރު ދުވަހު ރަށުގެ ޕިކްނިކް ސަރަޙައްދުގައި މާހެފުމެއް ބޭއްވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންވަނީ ނިންމާފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ތޯރިޤު އަފީފު )

·    ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :( ) 

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ތޯރިޤު އަފީފު

ސިމާޙު އިބްރާހިމް

އައްބާސާ މުޙައްމަދު

ފާތިމަތު ހުދާ

09 މާރިޗު 2023