ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 15 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  15/2023/04

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     13 އޭޕްރީލް 2023

ޖަލްސާ ފެށި ގަޑ:       11:00

ޖަލްސާ ނިމުނު ގަޑި:    11:30                                     

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތޯރިޤު އަފީފު )

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 14 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 14 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ހިއުމަން ރައިޓްސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއަށް ޖަވާބެއް ދިނުމާއި ބެހޭ ގޮތުން މަޝްވަރާކުރުން.

ފޮނުވާފައިވާ ސިޓީއިން އެދިފައިވާ މަޢުލޫމާތު ފޮނުވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ނިންމާފައެވެ. ހަމައެގޮތަށް ކައުންސިލަށް އަންނަ އެކިއެކި މައްސަލަތައް ރަސްމީކޮށް ޑޮކިއުމެންޓް ކުރުމަށް މެމްބަރުން ވަނީ އެދިފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :( )

އެޖެންޑާ އައިޓަމް 4

1444 ވަނަ އަހަރު ފިތުރު ޢީދު ކުޅިވަރާއި ބެހޭގޮތުން މަޝްވަރާކުރުން.

1444 ވަނަ އަހަރު ފިތުރު ޢީދުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު ތަކަށް އިނާމު ކަނޑައެޅުމާއި ގުޅިގެން މަސްރޭހުގައި އެއްވަނަ ޓީމަކަށް 2000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ފައިގަތަޅާ މުބަރާތުގެ އަންހެން އެއްވަނަ ޓީމަށް 1000 ރުފިޔާ އަދި ފިރިހެން އެއްވަނަ ޓީމަށް 1000 ރުފިޔާ އަދި އަންހެން ފިރިހެން ޓީމްތަކުގެ ތެރެއިން ދެވަނައަށް ދާ ދެ ޓީމަށް ކޮންމެ ޓީމަކަށް 300 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. އަދި މަސްރޭހުގައި ބައިވެރިވާ އޮފިޝަލުންނަށް ޓީޝާޓު ހެދުމަށްވެސް ވަނީ ނިންމާފައެވެ.

·   ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :( ) 

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ތޯރިޤު އަފީފު

ސިމާޙު އިބްރާހިމް

ފާތިމަތު ހުދާ

13 އޭޕްރިލް 2023