ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 17 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  17/2023/04

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     27 އޭޕްރީލް 2023

ޖަލްސާ ފެށި ގަޑ:       10:00

ޖަލްސާ ނިމުނު ގަޑި:    11:00                                     

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތޯރިޤު އަފީފު )

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 16 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 16 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

އެތްލެޓިކްސްއާއި ގުޅިގެން ސްކޫލުން ފޮނުވާފައިވާ ސިޓީތަކާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

ކައުންސިލްގައި ތިބި ކުޅިވަރު ސާމާނުގެ ތެރެއިން ސްކޫލުން ބޭނުންވާ ކުޅިވަރު ސާމާނު ދިނުމަށާއި، އެތްލެޓިކްސް މުބާރާތާއި ގުޅިގެން ސްކޫލަށް އެހީތެރިވުމުގެ ގޮތުން 5000 ރުފިޔާ (ބިލް ކުރާ ގޮތަށް) ދިނުމަށާއި އަދި ކައުންސިލްގެ ހުރި ކަންބޮޑުވުންތަކާއި ބަޖެޓްގެ ދަތިކަން ސްކޫލުގެ އިސްބޭފުޅުންނާއި ބައްދަލުކޮށް ހިއްސާކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންވަނީ ނިންމާފައެވެ.

·   ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :( )

އެޖެންޑާ އައިޓަމް 4

އޭޕްރީލް މަހުގެ ބަޖެޓް ރިޕޯޓް ކައުންސިލާއި ހިއްސާކުރުން.

އޭޕްރިލް މަހުގެ ބަޖެޓް ރިޕޯޓް މެމްބަރުނާއި ވަނީ ޙިއްސާކޮށްފައެވެ.

އެޖެންޑާ އައިޓަމް 5

ޙާފިޒުން ތަމްރީން ކުރުމުގެ ކޯހެއް ހިންގުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ޙާފިޒުން ތަމްރީންކުރުމުގެ ކޯހެއް ހިންގުމަށް އިސްލާމިކް މިިނިސްޓްރީއާއި ގުޅާއިގެން މަޢުލޫމާތު ހޯދައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

·   ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·    ވޯޓްގައި ބައިވެރިނުވާ :( )

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ތޯރިޤު އަފީފު

އިބްރާހިމް ޙުސައިން

ސިމާޙު އިބްރާހިމް

ފާތިމަތު ހުދާ

27 އޭޕްރިލް 2023