ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 20 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  20/2023/04

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     17 މެއި 2023

ޖަލްސާ ފެށި ގަޑ:       11:00

ޖަލްސާ ނިމުނު ގަޑި:    12:00                                     

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފިފު )

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ހުރިހާ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 19 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 19 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ވިޔަފާރި ބިމާއި ގުޅޭގޮތުން ކޯޓުގައި އޮތް މައްސަލާއާއި ބެހޭގޮތުން މަޝްވަރާކުރުން.

ވިޔަފާރި ބިމާއި ގުޅޭގޮތުން ކޯޓުގައި އޮތް މައްސަލައާއި ގުޅިގެން ކައުންސިލް ފަރާތުން ކޯޓަށް ހަޒިރުވާނީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޙުސައިން ކަމުގައި ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ތެރެއިން 3 މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·  ވޯޓްގައި ބައިވެރިނުވާ :( މެމްބަރު ސިމާޙް އިބްރާހީމް  )

 

އެޖެންޑާ އައިޓަމް 4

ބަންޑާރަ ގޯތި ދިނުމަށް އިއުލާން ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ލޭންޑް ޔޫސް ޕްލޭންގައިވާ 28 ގޯތި ހިމަނައިގެން އަދި މިހާރު ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އިންވަކިނޮކޮށް ސާފުނުކޮށް ހުރި ގޯތިތައްވެސް މިފަހަރު ގޯތި އިއުލާން ކުރާއިރު ހިމެނުމަށް ވަނީ ނިންމާފައެވެ. އަދި މިނިސްޓްރީއަށް ސިޓީފޮނުވައިގެން ފްލެޓް ލިބިފަ ތިބި މީހުން ބެލުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން މި ބުރުގައި ޖުމްލަ 20 ގޯތި މިހާރު ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިންނާއި ލޭންޑް ޔޫސް ޕްލޭންގައިވާ 28 ގޯތި ތެރެއިން 20 ގޯތި ކަނޑައެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·  ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 5

ޖޫނިއަރ ފުޓްސަލް މުބާރާތެއް ބޭއްވުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ޖޫނިއަރ ފުޓްސަލް މުބާރާތެއް ސްކޫލް ބަންދުތެރޭގައި ބޭއްވުމަށް ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތާއިދާއެކު ވަނީ ނިންމާފައެވެ. މި މުބާރާތް ހިންގުމަށް ޖުމްލަ 2000 ރުފިޔާ ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·  ވޯޓްގައި ބައިވެރިނުވާ :()

އެޖެންޑާ އައިޓަމް 6

މޭޒުގައި އަޅާ ފޮތި ރޯލެއް ގަތުމާއި ބެހޭގޮތުން މަޝްވަރާކުރުން.

އިވެންޓުތަކަށް ޙާއްސަކޮށްގެން މޭޒު އަދި ގޮޑީގައި އަޅާ ފޮތި ގަތުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·  ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 7

ބާކީ ހުރި ފަންކާތައް އަލުން ނީލަން ކިއުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ބާކީ ހުރި ފަންކާތައް އަލުން ނީލަން ކިއުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 8

ވެލި ގެންނަ ފަރާތްތަކަށް ލިޔުމުން ތަން ސާފުކުރުމަށް އެންގުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ވެލިގެންނަ ފަރާތްތަކާއި ބެހޭގޮތުން ހަދާފައިވާ އުސޫލާއި އެއްގޮތަށް ކުރިއަށް ދިއުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 9

ކުރީގެ ކުނިގޮޑު އިމާރާތް ކުއްޔަށް ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލަށް އާންމުދަނީ ލިބޭ ގޮތަށް ކުރީގެ ކުނިގޮޑު އިމާރާތް ކުއްޔަށް ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 10

އަޟްހާ ޢިދު ލޯގޯ ފާސްކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

އަޟްހާ ޢީދު ލޯގޯ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ. 

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ޠާރިޤު އަފީފު

އިބްރާހިމް ޙުސައިން

ސިމާޙު އިބްރާހިމް

އައްބާސާ މުޙައްމަދު

ފާތިމަތު ހުދާ

17 މެއި 2023