ކައުންސިލްގެ 4 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 26 ވަނަ އާމް ބައްދަލުވުމުން

އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ. 
 
އެޖެންޑާއައިޓަމް2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 25 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން 
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 25 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
 
އެޖެންޑާއައިޓަމް3
ކައުންސިލްގެ 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލް ފާސްކުރުން
ކައުންސިލްގެ 2023ވަނަ އަހަރުގެ މަސައްކަތު ތާވަލު ވަނީ މެންބަރުންގެ މެދުގައި މަޝްވަރާކޮށް ފައިނަލް ކުރެވުނުގޮތަށް، މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ. 
·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)
·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
·          ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާއައިޓަމް4
ކައުންސިލްގެ ރައީސް އަހަރީ ޗުއްޓީ ނެންގެވުން
ކައުންސިލްގެ ނައިބުރައީސް އޮގަސްޓްމަހު ތެރޭގައި ޗުއްޓީ ނެގުމަށް ހަމަޖެހިފައިވާތީ، ނައިބުރައީސް ޗުއްޓީ ނިންމަވާ ނުކުރުމުން، ކައުންސިލްގެ ރައީސް ޗުއްޓީ ނެގުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ.
·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)
·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
·          ވޯޓްގައި ބައިވެރިނުވާ :( )
 
އެޖެންޑާއައިޓަމް5
ޕިކްނިކް ސަރަޙައްދު (ހުއްޓޭ ކޮޑާ) އަށް ފެން ލިބޭނެގޮތް ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ހުއްޓޭ ކޮޑާއަށް ފެން ލިބޭނެ އިންތިޒާމް ހެދޭން ގޮތްތައް ބަލައި އެ އެކަން 2 މަސްދުވަހުގެ ތެރޭގައި ޤާއިމްކުރުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ. 
·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)
·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
·          ވޯޓްގައި ބައިވެރިނުވާ :( )
 
އެޖެންޑާއައިޓަމް6
ހިނަވާގެ އިމާރާތްކުރުމުގައި ކުރަންހުރި އިތުރު މަސައްކަތްތައް އެއްކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން
ހިނަވާގެ އިމާރާތްކުރަމުންދާއިރު، ހިނަވާގެ އެތެރޭގައި ބިތުގައި 4 ފޫޓަށް މުށިޖެހުމާއި، ދެކުނުފަރާތުން އިތުރު ދޮރެއް ކަނޑަން ޖެހޭކަން ފާހަގަކުރެވިފައިވާކަމަށާއި، މިކަންކަމަކީ މިހާރު ކުރެވިފައިވާ އެއްބަސްވުމުގައި ހިމެނިފައިނުވާ ކަންކަމަށްވާތީ، މިކަންކަން އިތުރަށް ކުރުމަށް ނިންމުނެވެ.
·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)
·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
·          ވޯޓްގައި ބައިވެރިނުވާ :( )
 
އެޖެންޑާއައިޓަމް7
މިސްކިތުގައި ކުރަންހުރި މަރާމާތުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
މިސްކިތުގައި މިހާރުކުރަންހުރި މަރާމާތުތަކުގެ ތެރޭގައި، މިސްކިތުގެ ފާޚާނާތައް ވަރަށްބޮޑަށް ހަލާކުވެފައިވާތީ، ފާހަނާސެޓް ބަދަލުކުރުމާއި، 09 ލައިޓް ބަދަލުކުރުމާއި އޭގެ ކަރަންޓު ވައިރިންގް ބަދަލުކުރުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ.
·         ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)
·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
·          ވޯޓްގައި ބައިވެރިނުވާ :( )
 
އެޖެންޑާއައިޓަމް8
ރަށުގައި ގަވާއިދާއި ޚިލާފަށްއުޅޭ ބިދޭސީންނާއި މެދު ފިޔަވަޅުއެޅުމަށް އުސޫލުތަކެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ބިދޭސީންގެ މައްސަލަ ޙައްލު ކުރުމުގެ ގޮތުން ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް ވީހާވެސް އަވަހަށް އެކުލަވާލައި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ފޮނުވައި ފިޔަވަޅު އެޅުމަށް މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ. 