ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 22 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  04/2023/21

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     01 ޖޫން 2023

ޖަލްސާ ފެށި ގަޑ:       11:30

ޖަލްސާ ނިމުނު ގަޑި:    12:30                                     

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޙުސައިން)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 21 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 21 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ވޭސްޓް މެނޭޖްމެންޓް ސެންޓަރ ހޯދުމަށް އެދި ފެނަކައިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

އިންޖީނުގެ އިމާރާތުގެ މަސައްކަތް ކުރާ ސާމާނު ބެހެއްޓުމަށްޓަކައި ފެނަކައަށް ވޭސްޓް މެނޭޖްމެންޓް ސެންޓަރ ދިނުމަށް ސިޓިފޮނުވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. 

·  ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 4

އެތްލެޓިކްސް އާއި ގުޅިގެން ސްކޫލުން ފޮނުވާފައިވާ ބިލްތަކާއި ބެހޭގޮތުން މަޝްވަރާކުރުން.

އެތްލެޓިކްސް އާއި ގުޅިގެން ސްކޫލު ކުދިން ރިސީވްކުރުމަށް ބޭއްވި އިވެންޓަށް ކައުންސިލް ފަރާތުން ޕިއްޒާ ދީފައިވާތީ އެ ބިލަށް ފައިސާ ދެއްކުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. 

·  ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 5

ޢީދު ކުޅިވަރުތަކާއި އަދި ޢީދު ކުޅިވަރުތަކަށް ބަޖެޓެއް ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ޢީދު ކުޅިވަރުތަކުގެ ތެރެއިން މަސްރޭހުގެ ޗެމްޕިޔަން ޓީމަށް 2500 އަދި 2 ވަނަ ޓީމަށް 1000 ރުފިޔާ އަދި  އެންމެ ބަރު އަދި އެންމެ ގިނަމަސް ބޭނި ފަރާތަކަށް ގިފްޓް ޕެކޭޖް ދިނުމަށް 1500 ރުފިޔާ ބަޖެޓް ކުރުމަށް ވަނީ ނިންމާފައެވެ. އަދި އެގޮތަށް ވާދެމުމުގެ މުބާރާތުގެ އަންހެން ޗެމްޕިޔަން ޓީމަށް 5000 ރުފިޔާ ފިރިހެން ޗެމްޕިޔަން ޓީމަށް 5000 ރުފިޔާ އަދި 2 ވަނަ ޓީމަށް އަންހެން / ފިރިހެން ކޮންމެ ޓީމަކަށް 2500 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މުޅި ޖުމްލަ 55000 ރުފިޔާ 1444 ވަނަ އަހަރު އަޟުޙާ ޢީދު ކުޅިވަރުތަކަށް ޚަރަދުކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. 

·  ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 6

ޖެންޑަރ މިނިސްޓްރީއިން ކުރިއަށްގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތާއި ބެހޭގޮތުން މަޝްވަރާކުރުން.

ޖެންޑަރ މިނިސްޓްރީއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތައް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވަނީ ނިންމާފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 7

ޤުރްއާން މުބާރާތުގެ ތައްޔާރުވުމަށް ބޭނުންވާ ސާމާނު ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ޤުރްއާން މުބާރާތަށް ތައްޔާރުވުމަށް ބޭނުންވާ ސާމާނު ހޯދުމަށް ޤުރްއާން މުބާރާތުގެ ބަޖެޓްގެ ތެރެއިން ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·  ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 8

މިސްކިތް ދޮރުފަތް މަރާމާތްކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މިސްކިތުގެ ދޮރުފަތް ހަލާކުވެފައިވާތީ އެކަމުގެ ފަންނީ މީހަކާއި ވާހަކަ ދައްކައިގެން ވީހާވެސް އަވަހަށް މިސްކިތް ދޮރުފަތް ހެދުމަށް ވަނީ ނިންމާފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް،  މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

ބައިވެރިވި ފަރާތްތަކުގެ ނަންތައް

އިބްރާހިމް ޙުސައިން

ސިމާޙު އިބްރާހިމް

އައްބާސާ މުޙައްމަދު

ފާތިމަތު ހުދާ

01 ޖޫން 2023