ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 23 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ނަންބަރު:  04/2023/23

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     08 ޖޫން 2023

ޖަލްސާ ފެށި ގަޑ:       11:30

ޖަލްސާ ނިމުނު ގަޑި:    12:30                                     

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޙުސައިން)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 22 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 22 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

މޭޒުމަތީ އަޅާ ފޮތިތައް ފެހުމަށް މީހަކާއި ހަވާލުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލް ޤުރްއާން މުބާރާތައް ބޭނުންވާ މޭޒުމަތީ އަޅާ ފޮތިތައް ފެހުމަށް މީހަކާއި ހަވާލުކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. 

· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :()

އެޖެންޑާ އައިޓަމް 4

ތިމާވެށީގެ ދުވަހާއި ގުޅިގެން ރުއްޖެހުމުގެ ޕްރޮގްރާމެއް ހިންގުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ތިމާވެށީ ދުވަހާއި ގުޅިގެން މުއްސަސާތައް ބައިވެރިކޮށްގެން އަލަށް ހަދާފައިވާ މަގުގައި ރުއްޖެހުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހެދުނު ސައި ތައްޔާރުކުރުމަށްވެސް ޖަލްސާއިން ވަނީ ނިންމާފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :()

އެޖެންޑާ އައިޓަމް 5

ކައުންސިލްގެ ރައީސް ޗުއްޓީއަށް ދިއުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލްގެ ރައީސް ޖުލައި 4 ފެށިގެން 30 ދުވަސް އަހަރީ ޗުއްޓީ ނެގުމަށްވަނީ ނިންމާފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·  ވޯޓްގައި ބައިވެރިނުވާ :()

އެޖެންޑާ އައިޓަމް 6

ފިނޭންސް އޮފިސަރ ސިލްމާ ރިލީޒްކުރުމަށް އެދި ޔޫތް މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ފިނޭންސް އޮފިސަރ ސިލްމާ ރިލީޒްކުރުމަށް އެދި ޔޫތް މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީއާއި އެއްގޮތަށް ސިލްމާ ރިލީޒްކޮށް ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

އެޖެންޑާ އައިޓަމް 7

ހުވަދޫ މަދަޙަ މުބާރާތުން އަސްނާ ހޯދި ކާމިޔާބީއަށް މަރުޙަބާ ދެންނެވުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ހުވަދޫ މަދަޙަ މުބާރާތުން އަސްނާ ހޯދި ކާމިޔާބީއަށް މަރުޙަބާ ދެންނެވުމަށާއި އަދި ހޯދި ކާމިޔާބީ ފާހަގަކޮށް ހިއްވަރުދިނުމުގެ ގޮތުން ހަދާނީ ފިލައެއް ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

އެޖެންޑާ އައިޓަމް 8

ކައުންސިލް ޤުރްއާން މުބާރާތަށް ޝަރަފުވެރި މެޙްމާނާކު ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލް ޤުރްއާން މުބާރާތް ޝަރަފު ކޮށްދިނުމަށް މާލޭ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އަށް ސިޓީ ފޮނުވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

·   ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

އެޖެންޑާ އައިޓަމް 9

ކައުންސިލްގެ ގޮޑިތައް ހޯދުމާއި ބެހޭގޮތުން ސްކޫލުން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލްގެ ގޮޑިތައް ހޯދުމާއި ބެހޭގޮތުން ސްކޫލުން ފޮނުވާފައިވާ ސިޓީއާއި އެއްގޮތަށް އެދިލައްވާފައިވާ އަދަދަށް ކައުންސިލް ގޮޑިތައް ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. 

·  ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·    ވޯޓްގައި ބައިވެރިނުވާ :()

ބައިވެރިވި ފަރާތްތަކުގެ ނަންތައް

އިބްރާހިމް ޙުސައިން

އައްބާސާ މުޙައްމަދު

ފާތިމަތު ހުދާ

08 ޖޫން 2023