ކައުންސިލްގެ 4 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 27 ވަނަ އާމް ބައްދަލުވުމުން ނިންމި ކަންތައްތައް

ޖަލްސާ ބޭއްވި ތާރީޚް     04 އޮގަސްޓް 2022

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)

ނިންމި ކަންތައްތައް 
 
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ. 
 
އެޖެންޑާއައިޓަމް2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 25 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން 
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 25 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
 
އެޖެންޑާއައިޓަމް3
އިންޖިނުގެއާއި ޖެހިގެން އޮތް މަގު ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
އިންޖީނުގެއާއި ޖެހިގެން އޮތް މަގު ކޮންމެހެންވެސް ހަދަންޖެހޭތީ، މިކަމާގުޅޭގޮތުން ޗާންދަނީގޭ ގޯތީގެ ވާރިސުންނާއި ކައުންސިލުން 08 އޮގަސްޓް 2022ގައި ބައްދަލުކުރުމަށްފަހު، މިކަމާގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް 3 ދުވަހުގެ މުއްދަތެއްދީ، މިކަން ކުރުމަށް މެންބަރުންގެ މެދުގައި މަޝްވަރާކޮށް ނިންމުނެވެ.
ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
 ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)
ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
 ވޯޓްގައި ބައިވެރިނުވާ :( )
 
އެޖެންޑާއައިޓަމް4
ކަށުކަމާކެމި ޕްރޮގްރާމް ހިންގެވި ފަރާތަށް އެލަވެންސް ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ކަށުކަމާކެމި ޕްރޮގްރާމް ހިންގެވި އަޙްމަދު ފަހުމީއަށް އެލަވެންސްގެ ގޮތުގައި 2000 ރުފިޔާ ދިނުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ. 
 ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
 ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)
 ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
ވޯޓްގައި ބައިވެރިނުވާ :( )
 
އެޖެންޑާއައިޓަމް5
ވިޔަފާރި ބިންތަކަށް ކުރިމަތިލާ ފަރާތްތަށް ޕޮއިންޓް ދިނުމުގެ އުސޫލް ރިވިއުކުރުން

ވިޔަފާރި ބިންތަކަށް ކުރިމަތިލާ ފަރާތްތަށް ޕޮއިންޓް ދިނުމުގެ އުސޫލް ތިރީގައިވާގޮތަށް ރިވިއުކުރުމަށް ނިންމުނެވެ. 
 
އެޖެންޑާއައިޓަމް6
ރަންވެލި ސްޕޯޓްސް ކްލަބްއިން ބިމެއް ހޯދުމަށްއެދި ފޮނުވާފައިވާ ސިޓިއާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ރަންވެލި ސްޕޯޓްސް ކްލަބްގެ ފަރާތުން އެކްލަބުން ވިޔަފާރި ކުރުމަށާއި ކްލަބު ހިންގުމަށް ބިމެއް ހޯދުމަށްއެދި އަދި ކުޑަކުދިންގެ ޕާކެއް އެޅުމަށް ޝައުޤުވެރިކަން ފާޅުކޮށް ފޮނުވާފައިވާ ސިޓީ މެންބަރުންގެ މެދުގައި މަޝްވަރާކޮށް، ކްލަބް ޖަމިއްޔާތަކަށް ބިން ދޫކުރުމުގެ އެއްވެސް އުސޫލެއް ނެތުމާއެކު، ވިޔަފާރި ކުރުމަށް ކައުންސިލުން ބިން ދޫކުރާ އުސޫލުން، ބިންތަކަށް އިޢުލާނުކުރުމުން ކުރިމަތިލާގޮތަށް ދެންނެވުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ. 
ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)
ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)
 ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
 ވޯޓްގައި ބައިވެރިނުވާ :( )
 
އެޖެންޑާއައިޓަމް7
ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ކައުންސިލްގެ ރަސްމީ ލޯގޯއެއް ހެދިފައި ނެތުމާއެކު، ރަސްމީ ލޯގޯ ހެދުމަށް އިޢުލާނުކުރުމަށް މަޝްވަރާކުރެވުނެވެ. 