ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 25 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  25/2023/04

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     22 ޖޫން 2023

ޖަލްސާ ފެށި ގަޑ:       11:30

ޖަލްސާ ނިމުނު ގަޑި:    12:30                                     

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޙުސައިން)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 24 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 24 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

އެޗްއާރް ސޮފްޓްވެއަރ އެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.

އެޗްއާރް ސޮފްޓުވެއަރ އެޅުމުން މުވައްޒަފުންގެ ރަޖިސްޓްރީއާއި، މުސާރަ ހެދުމަށާއި، އިތުރުގަޑީގެ ޝީޓްތައް ހެދުމަށާއި، ވަކިއަދަދަކަށް އެސްއެމްއެސް ފޮނުވުމާއި އިންވެންޓަރީ ބެލެހެއްޓުމުގެ ކަންކަން ސޮފްޓުވެއަރ މެދުވެރިކޮށް ފަސޭހައިން ކުރެވޭނެކަމަށް ސެކެރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެޗްއާރު ސްފޮޓުވެއަރ އެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. 

·         ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 4

އެލްޖީއޭއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ޖުލައި މަހު ރައްޔިތު ބައްދަލުވުން ބޭއްވުމާއި ބެހޭގޮތުން އެލްޖީއޭއިން ފޮނުވާފައިވާ ސިޓީއާއި އެއްގޮތަށް ޖުލައި 10 ގެ ކުރިން ރިޕޯޓް ތައްޔާރުކޮށް ފޮނުވުމަށާއި އަދި ޖުލައި 6 ވަނަ ދުވަހު ރައްޔިތު ބައްދަލުވުން ބޭއްވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ. 

·         ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·          ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·          ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·          ވޯޓްގައި ބައިވެރިނުވާ :()

 

 ބައިވެރިވި ފަރާތްތަކުގެ ނަންތައް

އިބްރާހިމް ޙުސައިން

އައްބާސާ މުޙައްމަދު

ފާތިމަތު ހުދާ

22 ޖޫން 2023