ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 26 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  26/2023/04

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     06 ޖުލައި 2023

ޖަލްސާ ފެށި ގަޑ:   11:30

ޖަލްސާ ނިމުނު ގަޑި:  12:30                                     

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޙުސައިން)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 25 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 25 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

2024 ވަނަ އަހަރު މަސައްކަތް ތާވަލު އެކުލަވާލުމާއި ބެހޭގޮތުން މަޝްވަރާކުރުން.

2024 ވަނަ އަހަރު މަސައްކަތް ތާވަލު އެކުލާވާލުމަށްޓަކައި ރަށުގެ އެކިއެކި ފަންތީގެ ބޭފުޅުންގެ ހިޔާލު މަޝްވަރާ ހޯދުމަށް ބައްދަލުވުންތައް ބޭއްވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. 

·   ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·    ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 4

މިނިވަން ދުވަސް ފާހަގަކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މިނިވަން ދުވަހާއި ގުޅިގެން ރަށުގެ މުއައްސަސާތަކާއި ބަނދަރު ސަރަޙައްދު ދިއްލުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ. އަދި މިދުވަހުގެ މުނާސަބަތުގައި ބަށިމެޗެއް ކުޅުމަށް ވަނީ ނިންމާފައެވެ. 

·  ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·    ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 5

އިސްލާމިކް ޔުނިވަރ ސިޓީއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

އިސްލާމިކް ޔުނިވަރސިޓީއިން އިސްނަގައިގެން ރަށުގެ ސްކޫލު ކުދިންނާއި ބެލެނިވެރިންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަށް މި ރަށަށް އައުމަށް ހަމަޖެހިފައިވާތީ، ސްކޫލާއި ގުޅިގެން ކުދިންނަށާއި ބެލެނިވެރިންނަށް އަންގައި މިކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

·   ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 6

ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމާއި ބެހޭގޮތުން އެސްޓިއޯއިން ފޮނުވާފައިވާ ސިޓީއައި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލް އިދާރާގައި ކުދަނެއް ނެތުމުން އެކަށީގެންވާ އަގަކަށް ރަށު ތެރެއިން ކުދަނެއް ލިބިޖިއްޔާ ކައުންސިލުން ރައްޔިތުންނަށް މިކަން ކޮށްދޭގޮތަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

ބައިވެރިވި ފަރާތްތަކުގެ ނަންތައް

އިބްރާހިމް ޙުސައިން

އައްބާސާ މުޙައްމަދު

ފާތިމަތު ހުދާ

06 ޖުލައި 2023