ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 30 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  30/2023/04

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     10 އޮގަސްޓު 2023

ޖަލްސާ ފެށި ގަޑ:       11:30

ޖަލްސާ ނިމުނު ގަޑި:    12:30                                     

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 27، 28 އަދި 29 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 27، 28 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ އެޖަލްސާގައި ބައިވެރިވި 3 މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ. އަދި 29 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ އެޖަލްސާގައި ބައިވެރިވި 3 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ. 

އެޖެންޑާ އައިޓަމް 3

ސައިކަލް ދުއްވަން ދަސްކުރުމަށް ވަކި ސަރަޙައްދެއް ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މިހާރު އަލަށް ހަދާފައިވާ ކުނިކޮށި ކުރިމައްޗަށް ވާގޮތަށް އޮތް ކޮށި ވަށައިގެން ވާ މަގުތަކަކީ ސައިކަލް ދުއްވުން ދަސްކުރާ ސަރަޙައްދު ކަމަށާއި އަދި ދުވާލުގަޑީގައި ރިޒާމަންދުވަދީ ގޯތި ހިމެނޭ ބޮޑުމަގުގައި ސައިކަލް ދުއްވުން ދަސްނުކުރުމަށާއި އަދި އެލް ބޯޑު ޖަހައިގެން ގަވާޢިދާ އެއްގޮތަށް ސައިކަލް ދުއްވަން ދަސްކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

·   ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ.ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 4

ކައުންސިލް ނައިބު ރައީސްއަށް ނަސޭހަތްތެރިވުން.

ކައުންސިލްގެ ނައިބު ރައީސްގެ އަމަލުތައް ހުންނަގޮތުން ނައިބު ރައީސަށް ނަސޭހަތްތެރިވުމަށް ކައުންސިލްގެ ރައީސްގެ ބަޔާނެއް ވަނީ ހުށަހަޅަފައެވެ.

ކައުންސިލްގެ ނ.ރައީސް އިބްރާހީމް ޙުސެއިން އަށް ދެވޭ ނަޞޭޙަތް

         ކައުންސިލްގެ ނ.ރައީސް އިބްރާހީމް ޙުސައިން އަކީ ކައުންސިލްގެ ރައީސް ނެތް ޙާލަތެއްގައި ކައުންސިލްގެ ރައީސްގެ މަސްޢޫލިއްޔަތު ތަކާއި ހަވާލުވާންޖެހޭ ފަރާތްކަމަށް ވީނަމަވެސް އިބްރާހީމް ހުސައިންގެ ފަރާތުން ފެންނަމުންދާ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ކައުންސިލް ބަދުނާމުވެ ، ރައްޔިތުންގެ ތެރޭގައި ކައުންސިލާއި މެދު އޮތް އިތުބާރު ދުވަހެއް ދުވަހަކަށްވުރެ ކުޑަވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިގޮތުން އިބްރާހީމް ހުސައިންގެ ފަރާތުން މިހާތަނަށް ފާހަގަކުރެވިފައިވާ ބައެއް ބޮޑެތި މައްސަލަތަށް.

-          ކައުންސިލްގެ ނަމުގައި މިސްކިތް އޭސީކުރުމަށް ކަމަށްބުނެ މުދާ ގަނެފައިވާ މައްސަލަ.

-          ކައުންސިލްގެ އިދާރާއަށް 2ސްޕީކަރ ގަނެފައިވާ މައްސަލަ

-           1444 ވަނަ އަހަރުގެ އަޟުޙާ ޢީދުގެ ވާދެމުގެ މުބާރާތް ކައުންސިލްގެ މެމްބަރުންނަށް ނޭގި ހުއްޓާލާފައިވުން.

        މިހެންކަމުން މަތީގައި ދެންނެވިފައިވާ ކަންތައްތަކަކީ ރައްޔިތުންގެ މެދުގައި ވަރަށްބޮޑެތި ކަންބޮޑުވުންތަކެއް ހުރި މައްސަލަތަކެއް ކަމަށްވެފައި  އަދި މިކަންތައްތަކުގެ ސަބަބުން ކައުންސިލްގެ އަގުވެއްޓި އަދި ކައުންސިލާއި ރައްޔިތުންނާއި މެދު އޮތް ގާތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

         ވީމާ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިފަދަ ކަންތައްތައް އިޞްލާޙު ކުރުމަށާއި އަދި މީގެ ފަހުން ކައުންސިލް ބަދުނާމުވާފަދަ އެއްވެސް ޢަމަލެއް އިބްރާހިމް ޙުސައިންގެ ފަރާތުން ފެނިއްޖެނަމަ ކައުންސިލްގެ ނ.ރައީސްގެ މަޤާމުން އިބްރާހީމް ހުސެއިން ވަކިކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އަންގަމެވެ.

މީގެ ފަހުން އެކަހަލަ އެއްވެސް ކަމެއް ތަކުރާރު ނުވާނެ ކަމަށާއި، އަދި މިހާތަނަށް ކުރެވިފައިވާ ކަންކަމަށް ކައުންސިލްގެ ނައިބުރައީސް ވަނީ މާފަށްއެދިފައެވެ. ވާދެމުމުގެ މުބާރާތް ނިންމި އިރު ކައުންސިލްގެ ނައިބު ރައީސް މެމްބަރުންގެ އެއްވެސް ލަފަޔެއް ހޯދައިފައިނުވާތީ މެމްބަރުންގެ ކަންބޮޑުވުން ހުރިކަމަށް ބަޔާނުގައި ވާތީ، ވާދެމުމުގެ މުބާރާތް އެގޮތަށް ގޮސްފައިވަނީ ހާލަތު ހުރިގޮތުންކަމަށާއި، އަދި އެނިންމުން ނިންމަފައިވަނީ ކައުންސިލްގެ ރައީސް އަދި އެސްޖީއާއި މަޝްވަރާކޮށްފައިވާކަމަށް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުށް ގަބޫލުކޮށް މާފަށް އެދިފައިވާތީ ހުރިހާ މެމްބަރުންވެސް އެކަމާ އުފާވާކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި އެކަހަލަ ކަންކަން ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އެޖެންޑާ އައިޓަމް 5

ގޯއްޗަކާއި ބެހޭގޮތުން އަމިއްލަފަރާތަކުން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

އިބްރާހިމް އަޙުމަދުގެ ނަމުގައި އޮތް ގޯތި ކައުންސިލްގެ ބޭނުމަށް ނަގާފައިވާތީ ގޯއްޗެއް ހޯދުމަށް ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ކުރީގެ ޖަލްސާއިން ނިންމާފައިވާ ގޮތަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ގޯއްޗެއް ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އަދި ހަމައެގޮތަށް ޒަރީރު ފާރޫޤުގެ ގޯތިވެސް ކައުންސިލްގެ ބޭނުމަށް ނަގާފައިވާތީ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ޒަރީރު ފާރޫޤުއަށްވެސް ގޯއްޗެއް ދިނުމަށް ވަނީ ނިންމާފައެވެ. 

·   ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·   ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ.ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 6

ހަދަން ފަށާފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތާއި ގުޅޭގޮތުން ފޮނުވާފައިވާ ސިޓީއައި ބެހޭގޮތުން މަޝްވަރާކުރުން.

ގެމަނަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސައީދު އިސްކޮސް ހުންނަވައިގެން ހަދަން ފަށާފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމުމަށް އިތުރަށް 15 ދުވަސް ދިނުމަށް އެދި ފޮނުވާފައިވާ ސިޓީއިން އެދިފައިވާގޮތަށް 15 ދުވަހުގެ މުއްދަތެއް ޕާކްގެ މަސައްކަތް ނިންމުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ތެރެއިން 4 މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. އަދި ހަމައެގޮތަށް ހުރިހާ ކައުންސިލް މެމްބަރުނާއި އެސްޖީ އިސްކޮށް ހުންނަވައިގެން ޕާކްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބެލުމަށް ވަނީ ނިންމާފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ.ރައީސް އިބްރާހިމް ހުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)

·   ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·   ވޯޓްގައި ބައިވެރިނުވާ :(ރައީސް ޠާރިޤު އަފީފު)

 ބައިވެރިވި ފަރާތްތަކުގެ ނަންތައް

ޠާރިޤު އަފީފު

އިބްރާހިމް ހުސައިން

ސިމާޙު އިބްރާހިމު

އައްބާސާ މުޙައްމަދު

ފާތިމަތު ހުދާ

10 އޮގަސްޓު 2023