ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 33 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ނަންބަރު:  04/2023/33

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     31 އޮގަސްޓު 2023

ޖަލްސާ ފެށި ގަޑ:       11:30

ޖަލްސާ ނިމުނު ގަޑި:    12:20                                     

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·  ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ  32 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 32 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 3

ކައުންސިލްގެ އެސް.އޯ.ޕީތައް ފާސްކުރުން.

ކައުންސިލްތަކުގެ އެސްއޯޕީ ޖަލްސާގައި ބައިވެރިވި މެމްބަރުންނާއި އެސްޖީ ވަނީ ހިއްސާކޮށްފައެވެ. ހުރިހާ މެމްބަރުންވެސް އެސްއޯޕީތައް ކިޔާފަ އިތުރުކުރަންޖެހޭ ކަންކަން އެސްޖީއާއި ހިއްސާކުރުމަށާއި އަދި ދެން އޮންނަ ޖަލްސާއަކަށް އެސްއޯޕީތައް ފާސްކުރުމަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

· ވޯޓްގައި ބައިވެރިނުވާ :()

އެޖެންޑާ އައިޓަމް 4

ޢީދު ހަރަކާތްތަކަގެ ފޮޓޯތަކުގެ ބިލާއި ބެހޭގޮތުން މަޝްވަރާކުރުން.

.ޢީދުގައި ހިންގި ހަރަކާތްތަކުގެ ފޮޓޯތަކުގެ ބިލްތައް ކައުންސިލްގެ ރައީސް އެޕްރޫވް ކުރުމުގެ ކުރިން ހުރިހާ މެމްބަރުންނާއި ވަނި ހިއްސާކޮށްފައެވެ

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ޠާރިޤު އަފީފު

ސިމާޙު އިބްރާހިމު

އައްބާސާ މުޙައްމަދު

ފާތިމަތު ހުދާ

31 އޮގަސްޓު 2023