ކައުންސިލްގެ 4 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 28 ވަނަ އާމް ބައްދަލުވުމުން ނިންމި ކަންތައްތައް

ޖަލްސާ ބޭއްވިތަން:   ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     11 އޮގަސްޓް 2022

ޖަލްސާ ފެށި ގަޑ:       11:30

ޖަލްސާ ނިމުނު ގަޑި:     12:00

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)


ނިންމި ކަންތައްތައް

 

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 27 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 27 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ރަށުގެ ނެރުބައްތި ހަލާކުވެފައިވާތީ، ނެރުބައްތި ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

ރަށުގެ ނެރުބައްތި ހަލާކުވެފައިވާތީ، ނެރުބައްތި ހެދުމަށް ދޯނިތަކުގެ ވެރިންނާއެކު ބައްދަލުކޮށްފައިވާކަމަށާއި، އެމަސައްކަތް އަމިއްލަ ފަރާތުގެ އެހީތެރިކަމާއެކު ކުރިއަށްދިއުމަށް ހަމަޖެހިފައިވާކަމަށައި، އެގޮތަށް އެކަން ކުރެވޭގޮތް ނުވެއްޖެނަމަ، ނެރުބައްތި ޖެހުމުގެ މަސައްކަތަށް އިޢުލާނުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)

ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

  ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 4

އަލަށް ސާފުކޮށް ހަދާފައިވާ މަގު ސާފުކޮށް ބެލެހެއްޓުމަށް ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

އަލަށް ހަދާފައިވާ މަގު ސާފުކޮށް ބެލެހެއްޓުމަށް، މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށް، އަދި އަންނަ އަހަރުން ފެށިގެން އިޖްތިމާއީ ސަރަޙައްދު ސާފުކުރާ މުވައްޒަފުން، މިތަންތަން ރޮޓޭޓްވާ އުސޫލުން ސާފުކުރުމަށް ހަވާލުކުރުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ.

ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)

ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 5  

ޕެންޝަން ޑޮކިއުމެންޓްތައް ބޭންކަށް ހުށަހެޅުމަށް ފަރާތަކާއި އެއްބަސްވުމެއް ހަދައި ކުރިއަށޤ ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

ކޮންމެ މަހަކު ބޭންކަށް ހުށަހަޅަންޖެހޭ ޕެންޝަން ޑޮކިއުމެންޓްތައް ހުށަހެޅުމަށް ވިލިގިއްޔަށް ކުރާ ދަތުރުތަކަށް ވަރަށް ބޮޑު ޚަރަދުތަކެއް ހިނގާތީ، މިޚަރަދު ކުޑަކުރުމުގެ ގޮތުން، މި ޑޮކިއުމެންޓްތައް ބޭންކަށް ހުށަހެޅުމުގެ މަސައްކަތަށް އަގަކާއެކު މީހަކާއެކު އެއްބަސްވުމެއް ހަދައި ވަރަށް ޚަރަދުކުޑަކޮށް ކުރެވިދާނެކަމަށް ދެކޭތީ އެގޮތަށް ކުރިއަށް ގެންދިއުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ.

ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)

ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 6

ކަށުކަމާކެމި ޕްރޮގްރާމް ނިންމި ފަރާތްތައް ޖަމާޢަތްތެރިންގެ ގޮތުގައި ކައުންސިލްގައި ރެޖިސްޓްރީ ކުރުމާގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

ކައުންސިލުން ކުރިއަށްގެންދިޔަ ކަށުކަމާކެމި ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމި ބައިވެރިން ރަށުގައި ޖަމާއަތްތެރިންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ. 

ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)

ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 7

ހުއްޓޭކޮޑާއަށް ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް، ތަނެއް ފައިނަލް ކުރުން

ޕިކްނިކް ސަރަޙައްދު 'ހުއްޓޭކޮޑާ' އަށް ފެން ލިބޭނެ އިންތިޒާމް ހެދުމުގެ ގޮތުން، އިއްތިޒާމް ގޯތީ ކައިރިން، ވަޅެއް ކޮނެ އެތަނުން ހޮޅިލައިނެއް ގެންދިއުމަށް ފެންނަކަމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ.

ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)

ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

ވޯޓްގައި ބައިވެރިނުވާ :( )

 

 

އެޖެންޑާ އައިޓަމް 8

އިންޖީނުގެއާ ޖެހިގެން އޮތް މަގު ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

އިންޖީނުގެއާއި ޖެހިގެން އޮތް މަގު ކޮންމެހެންވެސް ހަދަންޖެހޭތީ މިމަގު ހަދާކަމާއި، މި މަގު ހެދުމާމެދު އެއްވެސް ޝަކުވާއެއް އޮތްކަމުގައިވާނަމަ ހުށަހެޅުމަށް އިޢުލާނުކޮށް ޝަކުވާ ހުށަހެޅުމަށް މުއްދަތެއްދީ، މިކަން ކުރުމަށް މެންބަރުންގެ މެދުގައި މަޝްވަރާކޮށް އިއްތިފާޤުން ނިންމުނެވެ.

ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)

ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

ވޯޓްގައި ބައިވެރިނުވާ :( )

 

އެޖެންޑާ އައިޓަމް 9

އަލަށް ހަދާފައިވާ މަގުގައި ޖެހުމަށް މަގުބައްތި ގަތުމާގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

އަލަށް ހަދާ މަގުގައި ޖެހުމަށް ބޭނުންވަ ބައްތީގެ އަދަދުބަލައި، އެބައްތިތައް ގަތުމަށް ނިންމުނެވެ.

ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)

ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ފާތިމަތު ހުދާ ޢަބްދުލް ޤައްޔޫމް)

ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

ވޯޓްގައި ބައިވެރިނުވާ :( )

ޖަލްސާގައި ބައިވެރިވި ފަރާތްތައް

ކައުންސިލްގެ ނައިބުރައިސް

އިބްރާހީމް ޙުސައިން

ކައުންސިލް މެމްބަރ

އައްބާސާ މުޙައްމަދު

ކައުންސިލް މެމްބަރ

ފާތިމަތު ހުދާ ޢަބްދުލްޤައްޔޫމް